logo
ސްޕެއިންގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު އުފާފާޅުކުރަނީ..

ސްޕެއިންގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު އުފާފާޅުކުރަނީ..

ސްޕެއިނުން ޔުއެފާ ފުޓްސަލް ޔޫރޯ އަށްވަނަ ފަހަރަށް ކާމިޔާބުކޮށްފި

profile

ހަސަން ޝަމްއޫން - 08 ފެބްރުއަރީ 2026 - 04:42

ލެޓްވިއާއި ލިތުއޭނިއާ އަދި ސްލޮވޭނިއާ ގުޅިގެން މިހާރު ކުރިއަށްދާ ޔުއެފާ ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގެ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް 5-3 ގެ ނަތީޖާއަކުން ބަލިކޮށް ސްޕެއިނުން މުބާރާތުގެ ޗެމްޕިއަންކަން އަށްވަނަ ފަހަރަށް ހޯދައިފިއެވެ.

https://wamco.com.mv/

މުބާރާތުގެ ފައިނަލުން ސްޕެއިން ޖާގަ ހޯދީ ސެމީފައިނަލުގައި 2-1 ގެ ނަތީޖާއަކުން ކްރިއޭޝިއާ ބަލިކުރުމަށްފަހު އެވެ. އަދި ޕޯޗުގަލް ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލުގައި 4-1 ގެ ނަތީޖާއަކުން ފްރާންސް ބަލިކުރުމަށްފަހު އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ސްޕެއިން އިތުރު ދެލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ޕޯޗުގަލް އިން ވެސް ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި ސްޕެއިންގެ އެންޓޯނިއޯ ޕެރޭޒް ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު، އެޓީމުގެ ރާޔާ އަދި އަޑޮލްފޯ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން މިމެޗުގައި ޕޯޗުގަލްގެ އަފޮންސޯ ޖިސޫސް، ރުބެން ގޮއިސް އަދި ޕައުލެޓާ މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްޕެއިންގެ އެންޓޯނިއޯ ޕެރޭޒް އެވެ.

މީގެ ކުރިން ސްޕެއިނުން ވަނީ 1996، 2001، 2005، 2007، 2010، 2012، 2016 ގައި ޔުއެފާ ފުޓްސަލް ޔޫރޯ ކާމިޔާބުކޮށްފައެވެ. އަދި 2018 އަދި 2022 ވަނަ ބޭއްވުނު ޔުއެފާ ފުޓްސަލް ޔޫރޯ ކާމިޔާބުކޮށްފައިވަނީ ޕޯޗުގަލް އިންނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay