logo
މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ވާދަކުރި މެޗުގެ ތެރެއިން...

މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ވާދަކުރި މެޗުގެ ތެރެއިން...

މެޗުގެ ބޮޑުބައި އެކަކު މަދުކޮށް ކުޅުނު ޓޮޓެންހަމް އަތުުން ޔުނައިޓެޑަށް ފަސޭހަ މޮޅެއް

profile

ހަސަން ޝަމްއޫން - 07 ފެބްރުއަރީ 2026 - 16:15

އިނގިރޭސި ޕްރެމިއާ ލީގުގައި މިއަދު ހަވީރު އަމިއްލަ ދަނޑުގައި ޓޮޓެންހަމް އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކާމިޔާބުކޮށްފިއެވެ.

https://wamco.com.mv/

މިނަތީޖާއެކު ލީގުގައި ކުޅުނު 25 މެޗުން މެންޗެސްޓާ ޔުނައިޓެޑަށް 44 ޕޮއިންްޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ. އަދި މިމެޗުން ބަލިވި ޓޮޓެންހަމް އިން ލީގުގައި ކުޅުނު 25 މެޗުން ލިބުނު 29 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 14 ވަނައިގައެވެ.

ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅުވެފައިވާއިރު، ލީގުގައި ޓޮޓެންހަމް އެންމެ ފަހުން ކުޅުނު ތިން މެޗުން އެޓީމަށް މޮޅެއް ހޯދިފައެއް ނުވެއެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

ޔުނައިޓެޑްގެ އޯލްޑްޓްރަފޯޑްގައި ކުޅުނު މިމެޗުގެ ކުރީކޮޅު ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް މެޗުގެ އޮއިވަރު ބަދަލުވީ، ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ޑިފެންޑަރު ކްރިސްޓިއަން ގެބްރިއަލް ރޮމޭރޯއަށް ދެއްކި ރަތްކާޑާއެކުގައެވެ. މިއާއެކު މެޗުގެ ބާކީބައި ޓޮޓެންހަމް އިން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ.

ޓޮޓެންހަމް އިން އެއްކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި ޔުނައިޓެޑުން ލީޑުހޯދީ ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ބްރަޔަން އެމްބޫމޯ އެވެ. އަދި ޔުނައިޓެޑުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 81 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ބުރޫނޯ ފެނާންޑޭސް އެވެ.

މީގެ އިތުރުން ވެސް މިމެޗުގައި ޔުނައިޓެޑުން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay