logo
އެތްލެޓިކޯ މެޑްރިޑާއި ބެޓިސް ވާދަކުރި މެޗުގެ ތެރެއިން...

އެތްލެޓިކޯ މެޑްރިޑާއި ބެޓިސް ވާދަކުރި މެޗުގެ ތެރެއިން...

ކޮޕާ ޑެލް ރޭ: ތަފާތުބޮޑު ނަތީޖާއަކުން ބެޓިސް ބަލިކޮށް އެތްލެޓިކޯ ސެމީއަށް

profile

ހަސަން ޝަމްއޫން - 05 ފެބްރުއަރީ 2026 - 23:47

ކޮޕާ ޑެލަރޭ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ފަސޭހަކާއެކު 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ރެއާލް ބެޓިސް ބަލިކޮށް އެތްލެޓިކޯ މެޑްރިޑް މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.

https://wamco.com.mv/

މުބާރާތުގެ ކުއާޓާ ފައިނަލުން އެތްލެޓިކޯ މެޑްރިޑް ޖާގަ ހޯދީ ދެވަނަ ބުރުގައި 1-0 ގެ ނަތީޖާއަކުން ޑިޕޯޓިއޯ ލަކަރޫނިއާ ބަލިކުރުމަށްފަހު އެވެ. އަދި ރެއާލް ބެޓިސް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ދެވަނަ ބުރުގައި 2-1 ގެ ނަތީޖާއަކުން އެލްޗޭ ބަލިކުރުމަށްފަހު އެވެ.

ރެއާލް ބެޓިސްގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އެތްލެޓިކޯ މެޑްރިޑުން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން އެތްލެޓިކޯ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް މިހާފުގައި ވެސް އެތްލެޓިކޯ އިން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި އެތްލެޓިކޯ މެޑްރިޑްގެ ޖޫލިއާނޯ ސިމިއޮން، ޑޭވިޑް ހެންކޮކް، އަޑެމޯލާ ލުކްމަން، އެންޓޮއިން ގްރިޒްމަން އަދި ތިއާގޯ އަލް މެއިޑާ މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބުކުރިއިރު، މިއީ ދާދި ފަހުން އެޓީމާއި ގުޅުނު ނައިޖީރިއާގެ ފޯވާޑް އަޑެމޯލާ ލުކްމަން އެޓީމަށް ކުޅުނު ފުރަތަމަ މެޗެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay