
ފްރާންސާއި ޕޯޗުގަލް ވާދަކުރި މެޗުގެ ތެރެއިން..
ފުޓްސަލް ޔޫރޯ: ފަސޭހަކަމާއެކު ފްރާންސް ބަލިކޮށް ޕޯޗުގަލް ފައިނަލުން ޖާގަ ހޯދައިފި

ހަސަން ޝަމްއޫން - 05 ފެބްރުއަރީ 2026 - 15:41
ލެޓްވިއާއި ލިތުއޭނިއާ އަދި ސްލޮވޭނިއާ ގުޅިގެން މިހާރު ކުރިއަށްދާ ޔުއެފާ ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގެ ސެމީފައިނަލްގެ ދެވަނަ މެޗުގައި ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއަކުން ފްރާންސް ބަލިކޮށް ޕޯޗްގަލް އިން މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުކޮށްފިއެވެ.
މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ޕޯޗުގަލް ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ގްރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލުން ޖާގަހޯދިއިރު، އެޓީމު ސެމީފައިނަލުން ޖާގަހޯދީ ކުއާޓާ ފައިނަލުގައި ފަސޭހަކަމާއެކު 8-2 ގެ ތަފާތުބޮޑު ނަތީޖާއަކުން ބެލްޖިއަމް ބަލިކުރުމަށްފަހު އެވެ.
އަދި، މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ފްރާންސް ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލުން ޖާގަ ހޯދިއިރު، އެޓީމު ސެމީފައިނަލުން ޖާގަހޯދީ ކުއާޓާ ފައިނަލުގައި ވާދަވެރި ކުޅުމަކަށްފަހު 4-2 ގެ ނަތީޖާއަކުން ޔުކްރެއިން ބަލިކުރުމަށްފަހުއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު. މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ފްރާންސް އިންނެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕޯޗުގަލް އިން ވަނީ ދެލަނޑު ކާމިޔާބުކޮށް މެޗުގެ ލީޑުހޯދާފައެވެ. އަދި ދެވަނަ ހާފުގައި ޕޯޗުގަލް އިން އެޓީމުގެ ކުޅުން ރަނގަޅުކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ޕޯޗުގަލްގެ އެރިކް މެންޑޮންސާ، ޕަކޯ، ޑިއޭގޯ ސަންޓޯސް މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބުކުރި އެޓީމުގެ އަނެއް ލަނޑަކީ ފްރާންސްގެ އަމީނޭ ގުޑޯރާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މިމެޗުގައި ފްރާންސް ޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ މަމަޑޫ ޓޯރޭ އެވެ.
މިއީ މިމުބާރާތުގެ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް ޖެހިޖެހިގެން ޖާގަހޯދި ތިންވަނަ ފަހަރެވެ.
ގުޅުން ހުރި ޙަބަރުތައް

ފުޓްސަލް ޔޫރޯ: ކްރޮއޭޝިއާ ބަލިކޮށް ފައިނަލްގެ ފުރަތަމަ ޖާގަ ސްޕެއިންއަށް
7 ގަޑިއިރު ކުރިން

އެޓްލާންޓާ ދޫކޮށް ލުކްމަން އެތްލެޓިކޯ މެޑްރިޑަށް
2 ދުވަސް ކުރިން

ކޮޕާ ޑެލެރޭ: ރެއާލް ކަޓުވާލި އަލްބަސޭޓޭ އަތުން ހަނިގޮތަކަށް މޮޅުވެ ބާސެލޯނާ ސެމީއަށް
2 ދުވަސް ކުރިން

މޮޅަށް ކުޅުނު ޗެލްސީ ބަލިކޮށް އާސެނަލް ފައިނަލުން ޖާގަ ހޯދައިފި
2 ދުވަސް ކުރިން


