logo
ލުކްމަން (ކ) އަލްވަރޭޒް އާއެކު އެތްލެޓިކޯ މެޑްރިޑްގެ ޕްރެކްޓިހުގައި

ލުކްމަން (ކ) އަލްވަރޭޒް އާއެކު އެތްލެޓިކޯ މެޑްރިޑްގެ ޕްރެކްޓިހުގައި

އެޓްލާންޓާ ދޫކޮށް ލުކްމަން އެތްލެޓިކޯ މެޑްރިޑަށް

profile

ހަސަން ޝަމްއޫން - 03 ފެބްރުއަރީ 2026 - 23:56

އިޓަލީގެ އެޓަލަންޓާ އަށް ކުޅެމުންދިޔަ ނައިޖީރިއާގެ ހުނަރުވެރި ފޯވާޑް އަޑެމޯލާ ލުކްމަން ސްޕެއިންގެ އެޓްލެޓިކޯ މެޑްރިޑަށް ސޮއިކޮށްފިއެވެ.

https://wamco.com.mv/

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޖެނުއަރީ ޓްރާންސްފަރ މާކެޓްގެ އެންމެ ފަހު ވަގުތު، އުމުރުން 28 އަހަރުގެ ފޯވާޑް އެތްލެޓިކޯ މެޑްރިޑާއި ގުޅުނީ 30.3 މިލިއަން ޔޫރޯގެ ޓްރާންސްފަރ ފީއެއްގައި ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

2015 ވަނަ އަހަރު ޗާލްޓަން އެތުލެޓިކް އިން ކެރިއަރު ފެށި ލުކްމަން އޭގެފަހުން ވަނީ ޕްރެމިއާ ލީގުގެ އެވަޓަން، ފުލަމް އަދި ލެސްޓާ ސިޓީގެ އިތުރުން ޖަރުމަނުގެ އާރްބީ ލައިޕްޒިގަށް ވެސް ކުޅެފައެވެ.

އުމުރުން 28 އަހަރުގެ ލުކްމަން އެޓަލަންޓާއަށް ބަދަލުވީ 2022 ވަނަ އަހަރު ޖަރުމަނުގެ އާރްބީ ލައިޕްޒިގުންނެވެ. އޭނާ ވަނީ އެޓަލަންޓާގައި ހޭދަކުރި މުއްދަތުގައި އެޓީމަށް 55 ލަނޑު ޖެހުމުގެ އިތުރުން އިތުރު 27 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.

މީގެ އިތުރުން ލުކްމަން ވަނީ 2024 ވަނަ އަހަރު އެޓަލާންޓާ އިން ޔުރޮޕާ ލީގު ކާމިޔާބުކުރިއިރު، ފައިނަލުގައި ބަޔާ ލެވަކޫސަން ކޮޅަށް ހެޓްރިކް ހަދާފައެވެ. އަދި 2024 ވަނަ އަހަރުގެ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ލުކްމަން އަކީ އެ އަހަރުގެ ބެލޮންޑިއޯ ނޮމިނޭޝަންގައި ހިމެނުނު ހަމައެކަނި އެފްރިކާ ކުޅުންތެރިޔާއެވެ.

ލަންޑަނަށް އުފަން ލުކްމަން ފުރަތަމަ ކުޅުނީ އިނގިރޭސި ޒުވާން ގައުމީ ޓީމުތަކަށެވެ. އެގޮތުން 2017 ވަނަ އަހަރުގެ 20 އަހަރުން ދަށުގެ ވޯލްޑް ކަޕް އިނގިރޭސިވިލާތަށް ހޯދައިދިނުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރިއެވެ. ނަމަވެސް 2022 ވަނަ އަހަރު އޭނާ ވަނީ ނައިޖީރިއާގެ ގައުމީ ޓީމަށް ކުޅެން ފަށާފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay