
މެންޗެސްޓާ ސިޓީ އާއި ޓޮޓެންހަމް ވާދަކުރި މެޗުގެ ތެރެއިން
ސޮލާންކޭގެ ދެލަނޑާއެކު ޓޮޓެންހަމް އިން މެންޗެސްޓާ ސިޓީ ހުއްޓުވައިފި

ހަސަން ޝަމްއޫން - 02 ފެބްރުއަރީ 2026 - 04:01
އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީ އާއި ދެކޮޅަށް ޓޮޓެންހަމް އިން ކުޅުނު މެޗު، ވާދަވެރި ކުޅުމަކަށްފަހު 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.
ލީގުގައި މެންޗެސްޓާ ސިޓީ އިން އެންމެ ފަހުން ކުޅުނު މެޗުގައި 2-0 ގެ ނަތީޖާއަކުން ވުލްވްސް އަތުން މޮޅުވެފައިވާއިރު. ލީގުގައި ޓޮޓެންހަމް އެންމެ ފަހުން ކުޅުނު މެޗުގައި ބާންލީ އާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޓޮޓެންހަމް އިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ މެންޗެސްޓާ ސިޓީ އިން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރަޔާން ޗަރްކީ އެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް އެންޓޮއިން ސެމެންޔޯ އެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ޓޮޓެންހަމް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އަދި އެޓީމުން ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގައި 53 ވަނަ މިނެޓުގައި ޑޮމަނިކް ސޮލާންކޭ ކާމިޔާބުކުރިއިރު. މެޗުގެ 70 ވަނަ މިނެޓުގައި އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ ވެސް ސޮލާންކޭ އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 24 މެޗުން މެންޗެސްޓާ ސިޓީއަށް 47 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ހޯދި އެއްޕޮއިންޓާއެކު ލީގުގައި ކުޅުނު 24 މެޗުން ޓޮޓެންހަމްއަށް 29 ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ 14 ވަނައިގައެވެ.
ގުޅުން ހުރި ޙަބަރުތައް

އެޓްލާންޓާ ދޫކޮށް ލުކްމަން އެތްލެޓިކޯ މެޑްރިޑަށް
ގަޑިއިރެއް ކުރިން

ކޮޕާ ޑެލެރޭ: ރެއާލް ކަޓުވާލި އަލްބަސޭޓޭ އަތުން ހަނިގޮތަކަށް މޮޅުވެ ބާސެލޯނާ ސެމީއަށް
2 ގަޑިއިރު ކުރިން

މޮޅަށް ކުޅުނު ޗެލްސީ ބަލިކޮށް އާސެނަލް ފައިނަލުން ޖާގަ ހޯދައިފި
3 ގަޑިއިރު ކުރިން

އިތުރުވަގުތުގެ ފަހު މިނެޓް ކާމިޔާބުކުރި ލަނޑާއެކު ރަޔޯ ވަޔޮކާނޯ އަތުން ރެއާލް މޮޅުވެއްޖެ
2 ދުވަސް ކުރިން


