logo
ބާސެލޯނާ އާއި އަލްބަސޭޓޭ ވާދަކުރި މެޗުގެ ތެރެއިން..

ބާސެލޯނާ އާއި އަލްބަސޭޓޭ ވާދަކުރި މެޗުގެ ތެރެއިން..

ކޮޕާ ޑެލެރޭ: ރެއާލް ކަޓުވާލި އަލްބަސޭޓޭ އަތުން ހަނިގޮތަކަށް މޮޅުވެ ބާސެލޯނާ ސެމީއަށް

profile

ހަސަން ޝަމްއޫން - 03 ފެބްރުއަރީ 2026 - 23:05

ކޮޕާ ޓެލަރޭ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރަތަަމަ މެޗުގައި މިރޭ ރަށުން ބޭރުގައި ދެވަނަ ޑިވިޝަންގެ އަލްބަސޭޓޭ އަތުން 1-2 ގެ ނަތީޖާއަކުން މޮޅުވެ ބާސެލޯނާ އިން މުބާރާތުގެ ސެމީފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

https://wamco.com.mv/

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ކުއާޓާ ފައިނަލުން ޖާގަހޯދީ ދެވަނަ ބުރުގައި 2-0 ގެ ނަތީޖާއަކުން ރޭސިން ސަންޓަންޑަރ ބަލިކުރުމަށްފަހު އެވެ. އަދި މިމުބާރާތުގައި އާދަޔާ ޚިލާފު ނަތީޖާތަކެއް ނެރެމުން އައި އަލްބަސޭޓޭ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަހޯދީ އެންމެ ފަހުގެ ރަނަރަޕް ރެއާލް މެޑްރިޑް 3-2 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ.

އަލްބަސޭޓޭ ދަނޑުގައި ކުޅުނު މިމެޗަށް ބާސެލޯނާ އިން ވަރުގަދަ ޓީމެއް ނެރެފައިވާއިރު، އޭގެ ތެރޭގައި ލަމީން ޔަމާލް، ޑިނީ އޮލްމޯ، މާކަސް ރަޝްފޯޑް، ރޮބަޓް ލެވޮންޑަސްކީގެ އިތުރުން ފްރެންކީ ޑިޖޮން ހިމެނެއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެންކުޅެ ބާސެލޯނާ އިން މެޗު ޑޮމިނޭޓްކުރި، މިހާފުގައި އެޓީމަށް އަލްބަސޭޓޭގެ ގޯލާއި އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. އަދި މިހަމަލާގައި މެޗުގެ 39 ވަނަ މިނެޓުގައި ލަމީން ޔަމާލް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ލީޑު ހޯދައިދީފައެވެ.

ބާސެލޯނާ އިން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 56 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ރޮނާލްޑް އަރައުހޯ އެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި އެޓީމުގެ އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް ގޯލުކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ މެދަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އަލްބަސޭޓޭ އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ 87 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ހަވީ މޮރޭނޯ އެވެ. އަދި މެޗުގެ އިތުރު ވަގުތުގެތެރޭގައި ބާސެލޯނާގެ ފޯވާޑް ފެރާން ޓޮރޭސް އިތުރު ލަނޑެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްކަމަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay