
އާސެނަލް އާއި ޗެލްސީ ވާދަކުރި މެޗުގެ ތެރެއިން..
މޮޅަށް ކުޅުނު ޗެލްސީ ބަލިކޮށް އާސެނަލް ފައިނަލުން ޖާގަ ހޯދައިފި

ހަސަން ޝަމްއޫން - 03 ފެބްރުއަރީ 2026 - 22:25
އިނގިރޭސި ލީގުކަޕް ސެމީފައިނަލް ފުރަތަމަ މެޗުގެ ދެވަނަ ލެގައި މިރޭ އަމިއްލަ ދަނޑުގައި 1-0 ގެ ނަތީޖާއަކުން ޗެލްސީ ބަލިކޮށް އާސެނަލް އިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މީގެ ތިން ހަފްތާ ކުރިން ޗެލްސީގެ ދަނޑުގައި ކުޅުނު ސެމީގެ ފުރަތަމަ ލެގުގެ މެޗު 3-2 ގެ ނަތީޖާއަކުން އާސެނަލް އިން ކާމިޔާބުކޮށްފައިވާއިރު، މިމެޗުގެ ނަތީޖާއައެކު އާސެނަލް ފައިނަލް ޔަގީންކުރީ 4-2 އެގްރިގޭޓް ނަތީޖާއަކުންނެވެ.
އާސެނަލް އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ދެވަނަ ހާފުގައި ޗެލްސީ އިން ވަނީ ކުރިއަށްޖެހި އާސެނަލްގެ ގޯލަށް ގިނަ ހަމަލާތަމެއް ފޮނުވާލާފައެވެ.
އެގޮތުން މިމެޗުގައި ޗެލްސީ އިން އާސެނަލްގެ ގޯލަށް 14 ހަމަލާއް ފޮނުވާލިއިރު، އާސެނަލްއަށް މިމެޗުގައި ޗެލްސީގެ ގޯލަށް ފޮނުވާލެވިފައިވަނީ އެންމެ ފަސް ހަމަލައެވެ. ނަމަވެސް ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަމިނެޓްގެ ތެރެއިން އެންމެ ފަހު މިނެޓުގައި އުފެއްދި ކައުންޓާ އެޓޭކެއްގައި އާސެނަލް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑުހޯދާފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނިކުތް ޗެލްސީގެ ކުރީގެ ފޯވާޑް ކައި ހަވަޓްޒް އެވެ. އަދި މިއީ 2020 ވަނަ އަހަރުގެ އެފްއޭކަޕް ކާމިޔާބުކުރި ފަހުން އާސެނަލް ކަޕް މެޗެއްްގެ ފައިނަލުން ޖާގަހޯދި ފުރަތަަމަ ފަހަރެވެ.
ގުޅުން ހުރި ޙަބަރުތައް

އެޓްލާންޓާ ދޫކޮށް ލުކްމަން އެތްލެޓިކޯ މެޑްރިޑަށް
ގަޑިއިރެއް ކުރިން

ކޮޕާ ޑެލެރޭ: ރެއާލް ކަޓުވާލި އަލްބަސޭޓޭ އަތުން ހަނިގޮތަކަށް މޮޅުވެ ބާސެލޯނާ ސެމީއަށް
2 ގަޑިއިރު ކުރިން

ސޮލާންކޭގެ ދެލަނޑާއެކު ޓޮޓެންހަމް އިން މެންޗެސްޓާ ސިޓީ ހުއްޓުވައިފި
2 ދުވަސް ކުރިން

އިތުރުވަގުތުގެ ފަހު މިނެޓް ކާމިޔާބުކުރި ލަނޑާއެކު ރަޔޯ ވަޔޮކާނޯ އަތުން ރެއާލް މޮޅުވެއްޖެ
2 ދުވަސް ކުރިން


