logo
ސްޕެއިނާއި ކްރޮއޭޝިއާ ވަލާދަކުރި މެޗުގެ ތެރެއިން

ސްޕެއިނާއި ކްރޮއޭޝިއާ ވަލާދަކުރި މެޗުގެ ތެރެއިން

ފުޓްސަލް ޔޫރޯ: ކްރޮއޭޝިއާ ބަލިކޮށް ފައިނަލްގެ ފުރަތަމަ ޖާގަ ސްޕެއިންއަށް

profile

ހަސަން ޝަމްއޫން - 05 ފެބްރުއަރީ 2026 - 15:37

ލެޓްވިއާއި ލިތުއޭނިއާ އަދި ސްލޮވޭނިއާ ގުޅިގެން މިހާރު ކުރިއަށްދާ ޔުއެފާ ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގެ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި 2-1 ގެ ނަތީޖާއަކުން ކްރޮއޭޝިއާ ބަލިކޮށް ސްޕެއިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

https://wamco.com.mv/

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ސްޕެއިން ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލުން ޖާގަހޯދިއިރު، އެޓީމު ސެމީފައިނަލުން ޖާގަހޯދީ ކުއާޓާ ފައިނަލުގައި ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން އިޓަލީ ބަލިކުރުމަށްފަހު އެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ފަސް ޕޮއިންޓާއެކު ގުރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައި ކްރޮއޭޝިއާ ކުއާޓާ ފައިނަލުން ޖާގަހޯދިއިރު އެޓީމު ސެމީފައިނަލުން ޖާގަހޯދީ ކުއާޓާ ފައިނަލުގައި 3-0 ގެ ނަތީޖާއަކުން އަރްމޭނިއާ ބަލިކުރުމަށްފަހުއެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ސްޕެއިނުން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑިހޯދީ ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕަބްލޯ ރަމިރޭޒް އެވެ. އަދި އެޓީމުން ލީޑި ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެލާޑޯ އެވެ.

ކްރޮއޭޝިއާ އިން ނަތީޖާގެ ފަރަގު ކުޑަކުރީ ދެވަނަ ހާފުގެ 37 ވަނަ މިނެޓުގައެވެ. މިލަނޑަކީ ސްޕެއިންގެ މާރިއޯ ރިވީލޯސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތިޖާއަކުން ސްޕެއިން ކުރީގައި އޮވެގެންނެވެ. އަދި މިއީ މިމުބާރާތުގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދާފައިވާ ސްޕެއިން ޔޫރޯ ފައިނަލުން ޖާގަހޯދި 10 ވަނަ ފަހަރެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay