
އަލް ހިލާލް އާއި އަލް އޮޚްދޫދް ވާދަކުރި މެޗުގެ ތެރެއިން
ބެންޒެމާ، އަލް ހިލާލްއަށް ކުޅުނު ފުރަތަމަ މެޗުގައި ވެސް ހެޓްރިކް ހަދައިފި

ހަސަން ޝަމްއޫން - 05 ފެބްރުއަރީ 2026 - 23:11
ސައުދީ ޕްރޯ ލީގުގައި މިރޭ ރަށުން ބޭރުގައި އަލް އުޚްދޫދް އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 6-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އަލް ހިލާލް އިން ތާވަލުގެ ކުރީގައި ތިން ޕޮއިންޓަށް ލީޑު ފުޅާކޮށްފިއެވެ.
ލީގުގައި އަލް ހިލާލް އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅެއް ހޯދިފައިނުވާއިރު، މި ތިން މެޗު ވެސް ނިމިފައިވަނީ އެއްވަރުވެގެންނެވެ. އަދި ލީގުގައި އަލް އޮޚްދޫދް އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވެފައިވާއިރު އަނެއް ދެމެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ އަލް ހިލާލް އިން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި އެޓީމަށް ކާމިޔާބުކުރެވުނީ އެންމެ ލަނޑެކެވެ. ނަމަވެސް ދެވަނަ ހާފުގައި އަލް ހިލާލް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ އިތުރު ފަސް ލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި އަލް ހިލާލްގެ ތަޖްރިބާކާރު ފޯވާޑް ކަރީމް ބެންޒެމޭ ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު، ކެޕްޓަން ސަލީމް އަލް ދައުސަރީ ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް މަލްކޮމް އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 20 މެޗުން އަލް ހިލާލްއަށް 50 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތިން ޕޮއިންޓްގެ ލީޑަކާއެކު ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި އަލް އޮޚްދޫދު އިން ލީގުގައި ކުޅުނު 20 މެޗުން ލިބުނު 10 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 17 ވަނައިގައެވެ.
ގުޅުން ހުރި ޙަބަރުތައް

ރޮނާލްޑޯ އަދި ކޯމަންގެ ލަނޑުތަކާއެކު އަލް އަހްލީ ބަލިކޮށް އަލް ނަސްރުން ލީގު ހޯދުމާއި ފިޔަވަޅެއް ކައިރިއަށް ޖެހިލައިފި
4 މަސް ކުރިން

އެތްލެޓިކޯ މެޑްރިޑުން އާސެނަލް މޮޅުވިޔަނުދީ ހިފަހައްޓައިފި
4 މަސް ކުރިން

އަމިއްލަ ދަނޑުގައި ޑަމަކް އަތުން އަލް ހިލާލްއަށް އުނދަގޫ މޮޅެއް
4 މަސް ކުރިން

ފަހަތުން އަރައި ޕީއެސްޖީ އިން ބަޔާން މިޔުނިކު ބަލިކޮށްފި
4 މަސް ކުރިން


