logo
ޔުވެންޓަސް އާއި އެޓަލާންޓާ ވާދަކުރި މެޗުގެ ތެރެއިން

ޔުވެންޓަސް އާއި އެޓަލާންޓާ ވާދަކުރި މެޗުގެ ތެރެއިން

ކޮޕާ އިޓާލިއާ: ޔުވެންޓަސް ކަޓުވާލުމަށް ފަހު އެޓްލާންޓާ ސެމީގެ ޖާގައެއް ކަށަވަރުކޮށްފި

profile

ހަސަން ޝަމްއޫން - 06 ފެބްރުއަރީ 2026 - 00:11

ކޮޕާ އިޓާލިއާ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ޔުވެންޓަސް 3-0 ގެ ނަތީޖާއަކުން ބަލިކޮށް އެޓަލާންޓާ އިން މުބާރާތުގެ ސެމީފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

https://wamco.com.mv/

އެޓަލާންޓާ އިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަހޯދީ ދެވަނަ ބުރުގައި ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން ޖެނޯއާ ބަލިކުރުމަށްފަހު އެވެ. އަދި ޔުވެންޓަސް ކުއާޓާ ފައިނަލުން ޖާގަ ހޯދީ ދެވަނަ ބުރުގައި 2-0 ގެ ނަތީޖާއަކުން އުދިނޭޒީ ބަލިކުރުމަށްފަހު އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، އެޓްލާންޓާ އިން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފޯވާޑް ޖައާންލޫކާ ސްކަމާކާ އެވެ.

އެޓަލާންޓާ އިން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެޗުގެ 70 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ކާމާލްދީން ސުލޭމާނާ އެވެ. އަދި އެޓީމުގެ ތިންވަނަ ލަނޑުމެޗުގެ 85 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކްރޮއޭޝިއާ މިޑްފީލްޑަރު މާރިއޯ ޕަސަލިކް އެވެ.

މުބާރާތުގެ ސެމީފައިނަލުގައި އެޓަލާންޓާ އިން ވާދަކުރަން ޖެހޭނީ މިމަހުގެ 12 ވަނަ ދުވަހުގެ ރޭ ކުޅޭ ކުއާޓާ ފައިނަލުގެ ފަހު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ބޮލޯނިއާ އާއި ލާޒިއޯ ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay