logo
އާސެނަލް އާއި ސަންޑަލޭންޑް ވާދަކުރި މެޗުގެ ތެރެއިން..

އާސެނަލް އާއި ސަންޑަލޭންޑް ވާދަކުރި މެޗުގެ ތެރެއިން..

ސަންޑަލޭންޑް ބަލިކޮށް އާސެނަލް އިން ނުވަ ޕޮއިންޓަށް ލީޑު ފުޅާކޮށްފި

profile

ހަސަން ޝަމްއޫން - 07 ފެބްރުއަރީ 2026 - 18:17

އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ސަންޑަލޭންޑާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އާސެނަލް އިން ލީގު ތާވަލުގެ ކުރީގައި ނުވަ ޕޮއިންޓަށް ލީޑު ފުޅާކޮށްފިއެވެ.

https://wamco.com.mv/

ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު މެޗުގައި 4-0 ގެ ނަތީޖާއަކުން ލީޑްސް ޔުނައިޓެޑް އަތުން މޮޅުވެފައިވާއިރު. ލީގުގައި ސަންޑަލޭންޑް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 3-0 ގެ ނަތީޖާއަކުން ބާންލީ ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، އާސެނަލް އިން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު މާޓިން ޒުބިމެންޑީ އެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި އާސެނަލް އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިދެލަނޑު ވެސް ކާމިޔާބުކޮށްދިނީ އެޓީމުގެ ޔުކްރެއިން ފޯވާޑް ވިކްޓަރ ގްޔޮކަރޭސް އެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 25 މެޗުން އާސެނަލްއަށް 56 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ނުވަ ޕޮއިންޓްގެ ބޮޑު ލީޑަކާއެކު ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ސަންޑަލޭންޑުން ލީގުގައި ކުޅުނު 25 މެޗުން ހޯދި 36 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ނުވަވަނައިގައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay