
"މެދުއިރުމަތީ ހަނގުރާމަ" ފަތުރުވެރިންނަށް ދިމާވެދާނެ ދަތިތަކަށް ހައްލު ހޯދަނީ: ޓޫރިޒަމް މިނިސްޓްރީ

ރިޟްވާން މޫސާ - 01 މާރިޗު 2026 - 09:07
މެދުއިރުމަތީގެ މައްސަލައިގައި ގިނަ ގައުމުތަކެއްގެ ވައިގެ ދަތުރުފަތުރުތައް ބަންދުކޮށްފައިވާތީ ފަތުރުވެރިންނަށް ބޭނުންވާނެ މައުލޫމާތުތައް ފޯރުކޮށްދިނުމުގައި މަސައްކަތްކުރައްވަމުން އަންނަ ކަމަށް ފަތުރުވެރިކަމާއި، ތިމާވެއްޓާއިބެހޭ ވުޒާރާއިން ބުނެފި އެވެ.
މެދުއިރުމަތީގެ ގިނަ ގައުމުތަކެއްގެ ވައިގެ ސަރަހައްދު ވަގުތީގޮތުން ބަންދުކުރުމާ ގުޅިގެން، އެ ސަރަހައްދަށް ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ އިލްތިމާސްކުރައްވާފަ އެވެ.
ފަތުރުވެރިކަމާއިބެހޭ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފަތުރުވެރިން އެއާޕޯޓަށް ފުރަން ދިއުމުގެ ކުރިން އެއާލައިންތަކުގެ ޝެޑިއުލް ތަކަށް އައިސްފައިވާ ބަދަލުތައް ރަނގަޅަށް ކަށަވަރުކުރުމުމަށް ހުރިހައި ރިސޯޓުތަކާއި، ގެސްޓްހައުސް ތަކުގެ އިތުރުން މި މަސައްކަތް ކުރައްވާ އެންމެހައި ފަރާތްތަކުން ސަމާލުވުމަށެވެ.
ހަމައެއާއެކު ދަތުރުތައް ކެންސަލް ވުމުގެ ސަބަބުން މަޑުކުރަން ޖެހިފައިވާ ފަރާތްތަކުން އެއާލައިންތަކާއި، ކަމާއިގުޅޭ އިދާރާތަކުން ދެމުން ގެންދާ އިރުޝާދުތަކަށް ފުރިހަމަ އަށް ސަމާލުކަން ދިނުމަށް އެވުޒާރާއިން އިލްތިމ،ާސްކުރާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް
ގިނަ އިންތިޙާބުތަކެއް ބޭއްވުމަކީ ބޮޑު ހޭދައެއް! މީގެން ރައްޔިތުންނަށް ހެދޭނީ ގޯސް: ޝިޔާމް
26 މިނިޓު ކުރިން
އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ އަވަހާރަކޮށްލައިފި
27 މިނިޓު ކުރިން

ދިވެހިރާޢްޖެއިން އުމުރާ އަށްދާ ފަރާތްތަކުން ސަމާލުވުމަށް އެދިފި
28 މިނިޓު ކުރިން

މެދުއިރުމަތީގައި ކިޔަވާ ދަރިވަރުންގެ ހާލަތު ދަނީ ގާތުން ބަލަމުން: މިނިސްޓްރީ
4 ގަޑިއިރު ކުރިން


.gif&w=3840&q=75)