logo

ސްރީލަންކާ އަކީ ދިވެހިންގެ ދެވަނަ "ގެ": ޑރ ހަލީލް

profile

ރިޟްވާން މޫސާ - 04 ފެބްރުއަރީ 2026 - 18:11

އަވަށްޓެރި ސްރީލަންކާ އަކީ ހަމަ އެކަނި އަވައްޓެރި ގައުމެއް ނޫން ކަމަށާއި އެއަށްވުރެ ކައިރިން ސްރީ ލަންކާ އަކީ ދިވެހިންގެ ދެވަނަ ގެ ކަމުގައި ފޮރިންގ މިނިސްޓަރ ޑރ.އަބުދުﷲ ޙަލީލް ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ސްރީލަންކާގެ 78ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ ޙަލީލް ވިދާޅުވީ އެޤައުމުގެ ރައްޔިތުންނަކީ ގާތް އެކުވެރިންތަކެއްގެ އިތުރުން އެއް އާއިލާއެއް ފަދަ ބައެއް ކަމަަށެވެ.

މިނިސްޓަރު ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަކީ ގަރުނުތަކެއްވީ ތާރީޚާއި، ސަގާފީ އެއްގޮތްކަމާއި، އެއްބާރުލުން ދިނުމުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއްކަން ފާހަގަ ކުރައްވާފަ އެވެ.

ޚަލީލް ވިދާޅުވީ، ދިވެހިންނަށް ސްރީލަންކާއަކީ ހަމައެކަނި އަވަށްޓެރި ގައުމެއް ނޫން ކަމަށާއި، އެއީ ވަރަށް ގާތް އެކުވެރިއެއްގެ އިތުރުން ކޮންމެ ގޮތަކުން ބެލިޔަސް ދިވެހިންގެ ދެވަނަ 'ގެ' ކަމަށެވެ.

މީގެ އިތުރުން ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާއިން ލަންކާއިން ދިވެހިންނަށް ދެމުންދާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ރާއްޖޭގެ ތަރައްގީގައި ލަންކާގެ ފަންނީ މަސައްކަތްތެރިން އަދާކުރާ މުހިންމު ދައުރު ފާހަގަކުރެއްވިއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay