logo

އެމެރިކާގެ ރައީސް ޓްރަމްޕަށް މަލާމާތާޢި ފިއްތުންތައް ކުރިމަތިވަނީ

profile

ރިޟްވާން މޫސާ - 29 މާރިޗު 2026 - 08:37

މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމަ އާއި ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް އަށް އެކި ގައުމުތަކުގެ މަލާމާތާއި ފިއްތުންތައް ކުރިމަތި ވަމުން އަންނަކަން ހާމަވެއްޖެ އެވެ

https://wamco.com.mv/

މިދިޔަ ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އިސްވެ އޮވެ ރޭވުމެއްގެ ތެރެއިން ޔަހޫދީ އިސްރާއީލާއި ގުޅިގެން އީރާނު ފުނޑު ފުނޑު ކޮށޤލާނެ ކަމަށް ބުނެ ފެށި ހަނގުރާމަ ނިމުމެއްނެތި އަދިވެސް ދަނީ ކުރިއަށެވެ.

ހަނގުރާމައިގަިއ އީރާނަށް ހަމަލާތައް ދިނުމުގެ ސަބަބުން އީރާނުން ވަނީ އެމެރިކާ އަށާއި އިސްރާޢީލަށް ވެސް ވަރުގަދަ ރައްދު ހަމަލާތަކެއް ދީފަ އެވެ.

އީރާނުގެ ހަމަލާތަކުގައި އިސްރާއީލުގެ އެންމެ ބޮޑު އެއް ސިޓީ ވަނީ މުޅިން ސުންނާފަތި ކޮށްލާފަ އެވެ. އަދި އިސްރާއީލުގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީ ގިނަ އަދަދެއްގެ އަސްކަރީ އުޅަނދުތަކެއް ވަނީ ހަލާކުކޮށްލާފަ އެވެ.

އީރާނުގެ ވަރުގަދަ ބެލިސްޓިކް މިސައިލް ތަކާއި ޑްރޯން ހަމަލާ ތަކުގައި އެކި ގައުމު ތަކުގައި އެމރިކާއިން ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށް އީރާނުން ދަނީ ހުއްޓުމެއް ނެތި ހަމަލާތައް ދެމުންނެވެ.

މީގެ އިތުރުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުން އީރާނުން ވަނީ ހުރުމުޒް ކަނޑު އޮޅި ހާއްސަ ކޮށް އެމެރިކާ އަށާއި ޔަހޫދީ އިސްރާއީލުން އަދި އެ ފަރާތްތަކަށް ބައިއަތު ހިފާ ގައުމުތަކަށް ވެސް ނުވަދެވޭނެހެން ބަންދުކޮށްފަ އެވެ.

މި ހަނގުރާމައިގެ ސަަބަބުން އެމެރިކާ އަށާއި، އިސްރާއީލަށްވެސް ބިލިއަނުން ގެއްލުންތައް ލިބެމުން އަންނަ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk