
20 އުޅަނދަކަށް ހުރްމުޒް ހުރަސްކުރުމުގެ ހުއްދަ ދީފި

ރިޟްވާން މޫސާ - 29 މާރިޗު 2026 - 07:42
އީރާނުން ޕާކިސްތާންގެ 20 އުޅަނދަކަށް ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް މުދާ އުފުލުމުގެ ހުއްދަ ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ
އީރާނުން ހުރުމުޒް ކަނޑު އޮޅި ވަގުތީގޮތުން ބަންދުކޮށްފައި ވަނީ ހާއްސަގޮތެއްގައި އެސަރަހައްދުން އެމެރިކާ އާއި ޔަހޫދީންނަށް ތެލާއި، އެހެނިހެންވެސް މުދަލެއް ގެންދިޔަ ނުދިނުމަށްޓަކައި ދަތިކުރުމުގެ ގޮތުންނެވެ.
އެމެރިކާ އިސްވެ އީރާނަށް ހަމަލާތައް ދޭން ފެށުމުން އީރާނުން ވަނީ އެގައުމުގެ ރައްދު ހަމަލާތަށްވެސް ވަރުގަދަކޮށްފަ އެވެ. އަދި ދަތިކުރުމުގެ ފިޔަވަޅުތަކެއްވެސް އަޅާފަ އެވެ.
ހުރުމުޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން މެދުއިރުމަތީގައި ތެލުގެ އަގު އިންތިހާޔަށް އުފުލިފައިވާއިރު މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާ އަށްވެސް އިސްރާއީލަށް ވެސް ތެލާއި ގޭސް ލިބުމުގައި ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ.
ހަނގުރާމައިގެ ސަބަބުން ހުރުމުޒް ކަނޑުއޮޅި ބަންދުކޮށްފައިވީ ނަމަވެސް އީރާނުން ދަނީ އެގައުމާއި ވާހަކަ ދައްކާ ބައެއް ގައުމުތަކަށް އެ ސަރަހައްދުން ދަތުރު ކުރުމަށް ހުއްދަވެސް ދެމުންނެވެ.
މި ފަދަ މަޝްވަރާތަކުގެ ތެރެއިން، ޕާކިސްތާންގެ 20 އުޅަނދު ހުރަސްކުރުމުގެ ފުރުޞަތު އީރާނުން ދީފައިވާކަން އިޢުލާނު ކުރައްވާފައި ވަނީ ޕާކިސްތާންގެ ޚާރިޖީ ވަޒީރު އިސްޙާޤް ދާރްއެވެ. އޭނާ ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމުގެ ދަށުން، ދުވާލަކު ދެ އުޅަނދު ހުރްމުޒް ހުރަސްކުރުމުގެ ފުރުޞަތު އީރާނުން ފަހިކޮށްދީފައިވާ ކަމުގައެވެ.
މީގެ އިތުރުން މި ކަމުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ވަމުން އަންނާތީ ގިނަ ގައުމުތަކަކުން ވަނީ އީރާނަށް ހަނގުރާމަ ހުއްޓައިލުމަށާއި ސުލްހަ ގާއިމުކުރުމަށް ގޮވާލަމުންނެވެ.
ޔަހޫދީންނާއި ޓްރަމްޕް އިސްވެ ފެށި ހަނގުރާމައިގައި އީރާނުން ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 1,900 އަށްވުރެ މައްޗަށް އުފުލިފައެވެ. އަދި، ލުބްނާންގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ޔަހޫދީން ދެމުންދާ ޙަމަލާތަކުގައި އެ ޤައުމުން ވެސް ވަނީ 1,100 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޕާކިސްތާނު ސިފައިން ހިންގި އޮޕަރޭޝަނެއްގައި 74 ޓެރަރިސްޓުން މަރާލައިފި
13 ގަޑިއިރު ކުރިން

ރައްޔިތުންގެ އަޑު ސަރުކާރަށް އިވޭބާ؟
13 ގަޑިއިރު ކުރިން

ރަސްމާލެ ތަރައްގީކުރަން އެ އަންނަ އުޅެކީ ޖެނުއިން އިންވެސްޓަރުންނެއް ނޫން: މަތީން
16 ގަޑިއިރު ކުރިން

"ރަސްމާލެ ވިއްކާލިޔަސް ހޯދާނަން، ގެއްލުމުގެ ބަދަލެއްވެސް ނުދޭނަން" – ރައީސް ޔާމީން
17 ގަޑިއިރު ކުރިން


