logo
ބުރާސްފަތި ދުވަހު ޚައިބަރު ޕަޚްތޫންޚްވާގެ ކޮހާތުގައި ފުލުހުންގެ ކޮންވޯއިއަކަށް ޓީޓީޕީން ދިން ޙަމަލާ. މި ހަމަލާގައި ފުލުހުންގެ 11 މީހުން މަރުވެފައިވޭ---

ބުރާސްފަތި ދުވަހު ޚައިބަރު ޕަޚްތޫންޚްވާގެ ކޮހާތުގައި ފުލުހުންގެ ކޮންވޯއިއަކަށް ޓީޓީޕީން ދިން ޙަމަލާ. މި ހަމަލާގައި ފުލުހުންގެ 11 މީހުން މަރުވެފައިވޭ---

ޕާކިސްތާނު ސިފައިން ހިންގި އޮޕަރޭޝަނެއްގައި 74 ޓެރަރިސްޓުން މަރާލައިފި

profile

ޖިނާން ޙުސައިން ޖަބީން - 14 ނޮވެމްބަރު 2026 - 10:49

ޕާކިސްތާނާއި އަފްޣާނިސްތާނު ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ޕާކިސްތާނުގެ ސިފައިން ހިންގި ސިލްސިލާ އަސްކަރީ އޮޕަރޭޝަންތަކެއްގައި، ހަތިޔާރުއެޅި 74 ޓެރަރިސްޓުން މަރާލާފައިވާ ކަމަށް އެ ޤައުމުގެ އަސްކަރިއްޔާއިން ހާމަކޮށްފިއެވެ.

https://wamco.com.mv/

ޕާކިސްތާނު އަސްކަރިއްޔާގެ މީޑިއާ ޑިވިޝަނުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުން ފެށިގެން އެ ޤައުމުގެ ހުޅަނގު ދެކުނުގައި އޮންނަ ބަލޫޗިސްތާން ޕްރޮވިންސްގައި ހިންގި އޮޕަރޭޝަންތަކުގައި 31 ޓެރަރިސްޓުން މަރާލާފައިވާ ކަމަށެވެ. މީގެއިތުރުން އެ ސަރަޙައްދުން ގިނަ ޢަދަދެއްގެ ހަތިޔާރާއި ގޮވާތަކެއްޗާއި ވަޒަން އަތުލައިގެންފައިވާ ކަމަށްވެސް ބަޔާނުގައި ވެއެވެ. ބަލޫޗިސްތާނަކީ ޕާކިސްތާނުން ވަކިވެގަތުމަށް މަސައްކަތްކުރާ ބަލޫޗިސްތާން ލިބަރޭޝަން އާމީ (ބީއެލްއޭ) އިން ހަތިޔާރުއެޅި ހަރަކާތްތައް ހިންގަމުން އަންނަ ސަރަޙައްދެކެވެ.

އަސްކަރިއްޔާއިން އިތުރަށް މަޢުލޫމާތު ދިންގޮތުގައި، ޚައިބަރު ޕަޚްތޫންޚްވާ ޕްރޮވިންސްގެ މިރު އަލީ ސަރަޙައްދަށް ފާއިތުވި ދެ ދުވަހު ދިން ޙަމަލާތަކުގައި އިތުރު 35 ހަނގުރާމަވެރިން މަރުވެފައިވާއިރު، އޮރަކްޒައި ސަރަޙައްދުގައި ހިންގި އޮޕަރޭޝަނެއްގައި 8 ހަނގުރާމަވެރިން ވަނީ މަރާލެވިފައެވެ. ޚައިބަރު ޕަޚްތޫންޚްވާއަކީ ޕާކިސްތާނު ތާލިބާން (ޓީޓީޕީ) އަދި އެހެނިހެން ހަތިޔާރުއެޅި ޖަމާޢަތްތައް ހަރަކާތްތެރިވާ ސަރަޙައްދެކެވެ. މި ޖަމާޢަތްތަކަށް އަވަށްޓެރި އިންޑިއާއާއި އަފްޣާނިސްތާނުން އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ޕާކިސްތާނުން ތުހުމަތުކުރި ނަމަވެސް، އެ ދެ ޤައުމުންވެސް މި ތުހުމަތުތައް ދޮގުކުރެއެވެ.

މި އޮޕަރޭޝަންތަކާ ގުޅިގެން ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރުދާރީ ވިދާޅުވީ، ޓެރަރިޒަމާ ދެކޮޅަށް ސަލާމަތީ ބާރުތަކުން ހޯދަމުންދާ ކާމިޔާބީތަކުން ދައްކުވައިދެނީ ޤައުމީ ޢަޒުމާއި އެ ފަރާތްތަކުގެ ޤާބިލުކަން ކަމަށެވެ. އަދި ޕާކިސްތާނުގެ ސަލާމަތަށް ނުރައްކާކުރުމަށް ބޭރުގެ އެހީގައި ހަރަކާތްތެރިވާ ޓެރަރިސްޓް ބާރުތަކާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތައް މެދުކެނޑުމެއްނެތި ކުރިއަށްދާންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕާކިސްތާނު އަސްކަރިއްޔާއިން މި ހަނގުރާމަވެރިން ސިފަކޮށްފައިވަނީ އަފްޣާނިސްތާނުގެ މަދަދު ލިބޭ "ޚަވާރިޖުން" ގެ ގޮތުގައެވެ. 2021 ވަނަ އަހަރު އަފްޣާނިސްތާނުގެ ވެރިކަމަށް އައި އަފްޣާން ތާލިބާނުންނާ ގުޅުން އޮންނަ ޓީޓީޕީން، އަފްޣާނިސްތާނުގެ ސަރަޙައްދުގައި ތިބެގެން ޕާކިސްތާނަށް ޙަމަލާތައް އަމާޒުކުރަމުންދާ ކަމަށް އެގައުމުން ތުހުމަތުކުރެއެވެ. މި މައްސަލައިގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ވަރަށް ބޮޑަށް ގޯސްވެ، ބޯޑަރު ސަރަޙައްދުގައި ހިނގި ކުރިމަތިލުންތަކުގައި އާންމުންގެ ބަޔަކުވެސް ވަނީ މަރުވެފައެވެ.

މި އޮޕަރޭޝަންތައް ވަރުގަދަކޮށްފައި މިވަނީ، ބުރާސްފަތި ދުވަހު ޚައިބަރު ޕަޚްތޫންޚްވާގެ ކޮހާތު ޑިސްޓްރިކްޓުގައި ފުލުހުންގެ ކޮންވޯއިއަކަށް ޓީޓީޕީން ދިން ޙަމަލާއެއްގައި ފުލުހުންގެ 11 މީހުން މަރުވެ، އިތުރު 12 މީހުން ޒަޚަމްވެފައިވާ ދަނޑިވަޅެއްގައެވެ.

https://wamco.com.mv/
tel:+9607331319