ސުލްހައިގެ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިދާނެ އުއްމީދު އެބައޮތް: ޕާކިސްތާން

ރިޟްވާން މޫސާ - 16 އޭޕްރީލު 2026 - 13:15
މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލައި މަޝްރަހު ފިނިކުރުމަށް ބާއްވާ މަޝްވަރާ ތަކުގައި ކުރިއެރުންތަކެއް ލިބިދާނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށް ޕާކިސްތާނުން ހާމަކޮށްފި އެވެ
އީރާނާއި އެމެރިކާއާ ދެމެދު ސުލްޙައިގެ މަޝްވަރާތަކުގެ ދެވަނަ ބައްދަލުވުމެއް ބޭއްވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ޕާކިސްތާންގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ސަޢޫދީ ޢަރަބިއްޔާ، ޤަޠަރު އަދި ތުރުކީވިލާތަށް ކުރައްވާ ދަތުރުފުޅެއް ފަށްޓަވާފައެވެ.
މެދުއިރުމަތީގެ ހަނގުރާމަ ފަށާފައިވަނީ މިދިޔަ ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހުގަ އެވެ.
އެއްވެސް މަގުބޫލު ސަބަބެއް ނެތި އެމެރިކާ އިސްވެ އޮވެ އީރާނަށް ހަމަލާ ދިނުމުގައި ހަތިޔާރު އެޅި ހަނގުރާމަވެރި އުޅަނދުތަކެއް އީރާނުގެ ސަރަހައްދަށް އެދުވަހު ފޮނުވާފައިވާއިރު މި ހަނގުރާމަ އަށް އެމެރިކާ އާއި ބައިއަތު ހިފައިގެން ކުރިއަށް ގެންދަނީ ޔަހޫދީ އިސްރާއީލުންނެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔެއަށް އެކަމުގެ އަސަރުތައް ކުރަންމުން އަންނަ ކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން ދުނިޔޭގެ ތެލުގެ ބާޒާރަށް އެންމެ ބޮޑު އަސަރެއް ކޮށްފައިވާއިރު ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށް ވެސް މިކަމުގެ ބޮޑު އަސރުތަކެއް ކޮށްފައިވާ ކަން ވެސް ފާހަގަކޮށްލެވެ އެވެ.
ޕާކިސްތާނުގެ މަސްދަރުތަކުން ހާމަކޮށްފައިވާ މި އުންމީދީ މެސެޖު ލިބިފައި މި ވަނީ ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާ ޢާޞިމް މުނީރު ހިމެނިވަޑައިގަންނަވާ ވަފުދެއް ތެހްރާނަށް ދަތުރުކޮށް، ވޮޝިންގްޓަނުގެ މެސެޖެއް އީރާންގެ އިސްވާރުންނަށް ރައްދު ކުރުމާ އެކުގައެވެ.
ދެ ޤައުމުގެ މެދުގައި މި ވަގުތު ޚިޔާލުތަފާތުވުން އުފެދިފައި އޮތް އެންމެ ބޮޑު މައްސަލައަކީ ތެހްރާނުން ޔުރޭނިޔަމް މުއްސަނދިކުރުން މެދުކަނޑައިލުމަށް އެއްބަސްވާނެ މުއްދަތު ކަމުގައެވެ. އަދި، މި ވަގުތު މަތީ ފެންވަރަކަށް މުއްސަނދިކޮށްފައި ހުރި 440 ކިލޯގެ ޔުރޭނިޔަމާމެދު އަމަލުކުރާނެ ގޮތަކާމެދު ކަމުގައެވެ.
ބަނދުކޮށްފައިވާ ހުރުމުޒް ކަނޑުއޮޅީގެ ކޮންޓުރޯލު އޮންނާނެ ފަރާތަކާއި، ޔަހޫދީންނާއި އެމެރިކާގެ ހަނގުރާމައިގައި އީރާނަށް ލިބިފައިވާ މާއްދީ ގެއްލުމަށް ބަދަލުނަގައިދިނުމުގެ މައްސަލައާމެދު ވެސް ގޮތެއް ނިންމިފައެއް ނުވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ރައީސް ބޭނުންވާ ގޮތަށް ގާނޫނު ބަދަލުކުރަންޖެހިއްޖެނަމަ ނުނިދައި ހޭލައި ވެސް އެކަން ކުރަން ތައްޔާރު: ސުޖާއު
2 ގަޑިއިރު ކުރިން

ރައީސުލްޖުމްހޫރިއްޔާ "ދިވެހިރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީސް" މިއަދު އުފައްދަވައިފި
7 ގަޑިއިރު ކުރިން

ރައީސުލްޖުމްހޫރިއްޔާ، "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" މިއަދު އުފައްދަވައިފި
7 ގަޑިއިރު ކުރިން

ރައީސުލްޖުމްހޫރިއްޔާ ޑިފެންސް މިނިސްޓަރުކަމަށް ހަސަން ރަޝީދު އައްޔަނުކޮށްފި
19 ގަޑިއިރު ކުރިން


.gif&w=3840&q=75)