
ހަނގުރާމައާ ގުޅޭގޮތުން އެމެރިކާއާއި އިނގިރޭސި ޚާރިޖީ ވަޒީރުން މަޝްވަރާކުރައްވައިފި

ރިޟްވާން މޫސާ - 17 އޭޕްރީލު 2026 - 14:30
އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ ވަގުތީ ސުލްޙައިގެ އެއްބަސްވުމުގެ މުއްދަތު ހަމަވާން ގާތްވެފައިވަނިކޮށް، ސަރަޙައްދީ މަސްލަޙަތާއި ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތާ ގުޅޭގޮތުން އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯއާއި އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު އިވެޓް ކުޕަރ މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާއިން މި ކަން ކަށަވަރުކޮށްދީފައިވާއިރު، އެމެރިކާއިން އިސްވެ މެދުއިރުމަތީގެ ފެށި ޣައިރުޤާނޫނީ ހަނގުރާމައިގައި ބައިވެރިވުމަށް އިނގިރޭސިވިލާތާއި ހުޅަނގުގެ ދިފާޢީ އިއްތިޙާދުން (ނޭޓޯ) އިންކާރުކުރުމުން ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.
އެޕްރީލު 8 ގައި ޕާކިސްތާނުން މެދުވެރިވެގެން ވެފައިވާ 14 ދުވަހުގެ މި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 22 ވަނަ ދުވަހަށެވެ.
މީގެ އިތުރުން، ބައިނަލްއަޤުވާމީ ވިޔަފާރި އުޅަނދުފަހަރަށް ހުރްމުޒް ކަނޑުއޮޅިން މިނިވަންކަމާއެކު ދަތުރުކުރެވޭނެ މަގު ތަނަވަސްކުރުމަށާއި، ދުނިޔޭގެ ބާޒާރަށް ތެލާއި ގޭސް ފޯރުކޮށްދިނުމުގައި އެ ސަރަޙައްދުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވެއެވެ.
މި މައްސަލަ ޙައްލުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް މިހާރު ގެންދަވަނީ ސަޢޫދީ ޢަރަބިއްޔާ، ޤަޠަރު އަދި ތުރުކީވިލާތަށް ދަތުރުފުޅެއް ކުރައްވަމުންނެވެ.
ހަމައެއާއެކު، ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާ ޢާޞިމް މުނީރުވެސް މިހާރު ހުންނެވީ އީރާނުގެ ލީޑަރުންނާ ބައްދަލުކުރެއްވުމަށް ތެހްރާންގައެވެ.
ގުޅުން ހުރި ޙަބަރުތައް

ޕާކިސްތާނު ސިފައިން ހިންގި އޮޕަރޭޝަނެއްގައި 74 ޓެރަރިސްޓުން މަރާލައިފި
13 ގަޑިއިރު ކުރިން

ރައްޔިތުންގެ އަޑު ސަރުކާރަށް އިވޭބާ؟
13 ގަޑިއިރު ކުރިން

ރަސްމާލެ ތަރައްގީކުރަން އެ އަންނަ އުޅެކީ ޖެނުއިން އިންވެސްޓަރުންނެއް ނޫން: މަތީން
16 ގަޑިއިރު ކުރިން

"ރަސްމާލެ ވިއްކާލިޔަސް ހޯދާނަން، ގެއްލުމުގެ ބަދަލެއްވެސް ނުދޭނަން" – ރައީސް ޔާމީން
17 ގަޑިއިރު ކުރިން


