logo
 ރައީސުލްޖުމްހޫރިއްޔާ ޒުވާނުންނާއި ބައްދަލުކުރެއްވުމަށް ޔޫތް ހަބްގައި ބޭއްވި އިވެންޓް: ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޒުވާނުންނާއި ބައްދަލުކުރެއްވުމަށް ޔޫތް ހަބްގައި ބޭއްވި އިވެންޓް: ފޮޓޯ: ރައީސް އޮފީސް

މަޖިލިސްގައި %10 ޒުވާނުންނާއި އަންހެނުންނަށް ހާއްސަ ކުރާނަން: ރައީސް

profile

ރިޟްވާން މޫސާ - 29 މާރިޗު 2026 - 04:22

ރައްޔިތުންގެ މަޖިލިސްގެ %10 ޒުވާނުންނާއި އަންހެނުންނަށް ހާއްސަ ކުރުމަކީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައީސުލްޖުމްހޫރިއްޔާ ޒުވާނުންނާއި ބައްދަލުކުރެއްވުމަށް ޔޫތް ހަބްގައި ބޭއްވި އިވެންޓްގައި ވިދާޅުވީ، އެމަނިކުފާނުގެ ފަލްސަފާ އާއި ގަބޫލުކުރެއްވުމަކީ ޒުވާނުންގެ ބައިވެރިވުން އޮވެގެން ގައުމު ތަރައްގީ ކުރުން ކަމަށާއި، ޒުވާނުންނަށް ފުރުސަތު އޮންނަން ވާނެ ކަމަށެވެ.

އަދި ގައުމުގެ ކަންކަން ބައްޓަން ކުރުމާާއި ބަސް އިއްވުމުގައި ޒުވާނުންގެ ބައިވެރިވުން އޮންނަން ވާނެ ކަމަަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މި އަހަރު ތެރޭގައި ޔޫތް ޕާލިމެންޓް އަލުން ފަށާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ނިންމުން ނިންމަވާނީ ރައްޔިތުންނާއި ޒުވާނުންނާއި ގާނޫނީ ފަރާތްތަކާއެކީ މަޝްވަރާކުރެއްވުމަށްފަހު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގައި ވޯޓުލެވޭ މީހުންގެ އާބާދީގެ ތެރެއިން ޒުވާނުންނަކީ 39 އިންސައްތަ ކަމަށާއި، އަންހެނުންނަކީ 49 އިންސައްތަ ކަމަށެވެ. އެހެންކަމުން، މަޖިލީހުގެ ތެރެއިން ޒުވާނުންނަށާއި އަންހެނުންނަށް ވަކި އިންސައްތައެއް ކަނޑައެޅުމަކީ އެންމެ އިންސާފުވެރިގޮތް ކަމަށް، ރައީސް ގަބޫލުފުޅުކުރައްވައެވެ.

ޒުވާނުންނަށާއި އަންހެނުންނަށް މަޖިލީހުން ގޮނޑިތަކެއް ޚާއްސަކުރަންޖެހޭ ކަމަށް އެމަނިކުފާނު އަމިއްލަފުޅަށް ގަބޫލުފުޅުކުރައްވާ ކަމަށާއި، ނަމަވެސް ބޭނުންފުޅުވަނީ ރައްޔިތުންނާ މަޝްވަރާކުރުމަށްފަހު ބަދަލު ގެންނަން ކަމަށް، ރައީސް ވިދާޅުވިއެވެ.

އެއާއެކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިހާރަށްވުރެ އިތުރުނުވާ ގޮތަށް ގާނޫނު އިސްލާހުކުރުމަށް ގަސްދުކުރައްވާކަމަށް ވިދާޅުވާ ވިދާޅުވުން އަނެއްކާވެސް ތަކުރާރުކުރެއްވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk