މިދިޔަ އަހަރު ގައުމަށް ފައިދާހުރި ގިނަ މަޝްރޫޢުތަކާއެކު ރެކޯޑު މާލީ ނަތީޖާއެއް ހާސިލުކުރެވުނު: ބީއެމްއެލް

ރިޟްވާން މޫސާ - 29 މާރިޗު 2026 - 07:37
މިދިޔަ އަހަރަކީ ބެންކް އޮފް މޯލްޑިވްސް ބީއެމްއެލްގެ ހައިސިއްޔަތުން ގައުމަށް ފައިދާހުރި ގިނަ މަޝްރޫޢުތަކާއެކު ރެކޯޑު މާލީ ނަތީޖާއެއް ހާސިލުކުރެވުނު އަހަރެއް ކަމަށް އެ ބޭންކުން ބުނެފި އެވެ
ރޭ ބޭއްވި އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވަނީ ހިއްސާދާރުންނާ މުޚާތަބު ކުރައްވައި، ބޭންކުން ހޯދާފައިވާ ތާރީޚީ ކާމިޔާބީތަކާއި، ސްޓެރެޓެޖީއާ އެއްގޮތަށް ފުޅާކުރަމުންދާ ދާއިރާތަކާއި، ޑިޖިޓަލް ކުރިއެރުންތަކުގެ އިތުރުން ކަސްޓަމަރުންނާއި މުޖުތަމައަށް މެދުނުކެނޑި ފޯރުކޮށްދެމުންދާ އެހީތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފަ އެވެ
ވޭތުވެދިޔަ އަހަރު ބޭންކުން ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ހޯދާފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 10 އިންސައްތައިގެ ކުރިއެރުމެކެވެ. މި ކުރިއެރުމަކީ ބޭންކުން ދޫކޮށްފައިވާ ލޯނުތަކުގެ ޕޯޓްފޯލިއޯ 25 އިންސައްތަ އިތުރުވެ، 25.2 ބިލިއަން ރުފިޔާއަށް އިތުރުވުމުން ހޯދުނު ކާމިޔާބީއެކެވެ.
ބޭންކުގެ ޖުމްލަ އެސެޓް 55.8 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އުފުލިފައިވާއިރު، ކަސްޓަމަރުން ބެންކަށް ޖަމާކޮށްފައިވާ ފައިސާ ވަނީ 37.2 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ ކަސްޓަމަރުންގެ މެދުގައި ބޭންކަށް އޮތް އިތުބާރުގެ ވަރުގަދަކަން ހާމަކޮށްދޭ ކަމެކެވެ.
ބޭންކުގެ ހަރުދަނާ ރިސްކް މެނޭޖްމެންޓުގެ އިތުރުން ގާނޫނު ލާޒިމުކުރާ މިންގަނޑަށްވުރެ މަތީގައި %48.1 ގައި ދެމެހެއްޓިފައި ހުރި ކެޕިޓަލް އެޑެކުއަސީ ރޭޝިއޯއާއި ލިކުއިޑީޓީ ޕޮޒިޝަނުން މި ނަތީޖާ އިތުރަށް ހަރުދަނާކޮށްދެއެވެ.
ބޭންކުގެ ސްޓެރެޓެޖީގެ މައިގަނޑު ތިން ތަނބު ކަމަށްވާ ޑިޖިޓަލް ޚިދުމަތްތަކަށް އިސްކަން ދިނުމާއި ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ޚިދުމަތް ދިނުމާއި ދެމެހެއްޓެނިވި ޚިދުމަތްތަކެއް ކަށަވަރުކުރުމަށް ދޭ ސަމާލުކަމަށް ސީއީއޯ ވަނީ އަލިއަޅުއްވާލާފައެވެ.
ޝަރީފް ވިދާޅުވީ، ހަލުވިކަމާއެކު ބަދަލުވަމުންދާ ވެއްޓެއްގައި ބޭންކު އިތުރަށް ވަރުގަދަކުރުމަށް އިންވެސްޓް ކުރަމުން ދަނީ މުސްތަގުބަލަށް ކަމަށާއި، އަމާޒަކީ ޑިޖިޓަލް ގާބިލުކަން ފުޅާކޮށް، ބޭންކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ދިގު ރާސްތާގައި ދެމެހެއްޓެނިވި ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ މުވައްޒަފުންނަށް އިންވެސްޓްކޮށް، ދިވެހީންގެ ބޭންކުގެ ގޮތުގައި ދެމިތިބުން ކަމަށެވެ.
ޝަރީފްގެ ވާހަކަފުޅު ނިންމަވާލެއްވީ ބޭންކުގެ 390,000 އަށްވުރެ ގިނަ ކަސްޓަމަރުންނަށާއި، އިޚްލާޞްތެރި މުވައްޒަފުންނަށާއި، ހިއްސާދާރުން ކުރައްވާ އިތުބާރާއި ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވަމުންނެވެ.
އަދި ބޭންކުގެ ޗެއަރޕާސަން އަދި ޑައިރެކްޓަރުންގެ ބޯޑުން ދެއްވާ އަގުހުރި އިރުޝާދާއި ލަފާފުޅަށް އެބޭފުޅުންނަށް އިޚްލާޞްތެރި ޝުކުރެއް ދެންނެވިއެވެ. އޭނާ ވިދާޅުވީ 2026 ވަނަ އަހަރަކީވެސް ބޭންކަށް ކާމިޔާބު އަހަރަކަށް ވާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

އެމެރިކާގެ ރައީސް ޓްރަމްޕަށް މަލާމާތާޢި ފިއްތުންތައް ކުރިމަތިވަނީ
ގަޑިއިރެއް ކުރިން

20 އުޅަނދަކަށް ހުރްމުޒް ހުރަސްކުރުމުގެ ހުއްދަ ދީފި
2 ގަޑިއިރު ކުރިން

މަޖިލިސްގައި %10 ޒުވާނުންނާއި އަންހެނުންނަށް ހާއްސަ ކުރާނަން: ރައީސް
5 ގަޑިއިރު ކުރިން

ފުލުހުން ކުރަނީ ގައުމީ ބުރަ މަސައްކަތެއް! އައްސަރިބަހާ ސާބަސް ރައްދުކުރަން: ރައީސް
5 ގަޑިއިރު ކުރިން


.gif&w=3840&q=75)