logo

"ގެންދޭ" ފުރުސަތުގެ ނަސީބުވެރިން ހޮވައިފި

profile

ރިޟްވާން މޫސާ - 03 އޭޕްރީލު 2026 - 19:56

އަސްލުޓީވީން މިދިޔަ ރަމަޝާން މަހުގައި ކުރިއަށް ގެންދިޔަ "ގެންދޭ" ފުރުސަތުގައި ޖަވާބު ދިމާކުރެއްވި ފަރާތްތަކުގެ ނަސީބުވެރިން ހޮވައިފި އެވެ.

https://wamco.com.mv/

އަސްލުޓީވީން ކުރިއަށް ގެންދިޔަ "ގެންދޭ" ފުރުސަތަކީ ނިމިދިޔަ ރަމަޝާން މަހު އަސްލުޓީން ކުރިއަށް ގެންދިޔަ ސުވާލެއްގެ ޖަވާބު ދިމާކުރުމުގެ ފުރުސަތެކެވެ.

މުޅި ރަމަޝާން މަހުގައި ވެސް ގެނެސްދީފައި ވާނީ ހަމަ އެންމެ ސުވާލެކެވެ. މި ސުވާލުގެ ރަނގަޅު ޖަވާބު ދިމާކުރެއްވި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ތިން ފަރާތަކަށް އިނާމު ލިބިފައިވާ ކަން މިރޭ ވަނީ އިއުލާނު ކުރެވިފަ އެވެ.

ތިން ވަނަ އިނާމެއްގެ ގޮތުގައި ނަސީބުވެރި ފަރާތަކަށް ލިބިފައި ވަނީ 65 ލީޓަރުގެ ކަރަންޓް އަވަނެކެވެ.

ދެވަނަ އިނާނެއްގެ ގޮތުގައި ނަސީބުވެރި ފަރާތަކަށް ލިބިފައި ވަނީ 5 ފޫޓުގެ އައިސް އަލަމާރި އެކެވެ.

ތިންވަނަ އިނާމެއްގެ ގޮތުގައި ނަސީބުވެރި ފަރާތަކަށް ލިބިފައި ވަނީ 65 އިންޗީގެ ޓީވީ އެކެވެ.

އަސްލު ޓީވީން ކުރިއަށް ގެންދިޔަ މި "ގެންދޭ" ފުރުސަތުގައި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަރަށް ގިނަ އަދަދެއްގެ ފަރާތްތަކުގެ މަގުބޫލުކަން މި ޕްރޮގްރާމުތަކަށް ވަނީ ލިބިފަ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk