logo

ޙަރަދު ކުޑަކުރަން ބަނގުލަދޭޥްގައި ވެސް ރަސްމީ ގަޑި ކުޑަކޮށްފި

profile

ރިޟްވާން މޫސާ - 03 އޭޕްރީލު 2026 - 11:45

މެދުއިރުމަތީގެ ހަނގުރާމަ އާއި ގުޅިގެން ޙަރަދު ކުޑަ ކުރުމުގެ ސިޔާސަތުގެ ދަށުން ބަނގުލަދޭޝްގައި ވެސް ސަރުކާރުގެ ރަސްމީ ގަޑިތައް ކުރުކުރުމަށް ނިންމައިފި އެވެ.

https://wamco.com.mv/

މެދުއިރުމަތީގެ ހަނގުރާމަ އާއި ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދަށް ވެސް ވަނީ ވަރަށް ބޮޑު ހީނަރުކަމެއް އައިސްފަ އެވެ.

އެންމެ ބޮޑު ހީނަރުކަމެއް އަތުވެފައި ވަނީ ދުނިޔޭގެ ތެލުގެ ބާޒާރަށެވެ. އެހެން ކަމުން އެކި ގައުމު ތަކުން ވެސް ދަނީ ހަނގުރާމަ އާއި ގުޅިގެން އިގްތިސާދީ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ ގޮތުން ވަރަށްގިނަ ކަންކަން ފަށާފަ އެވެ.

އަވަށްތެރި ސްރީލަންކާގައި ވެސް ވަނީ ހަނގުރާމަ ފެށުނު ފަހުން ޙަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުގެ ރަސްމީ ގަޑިތަކަށް ބަދަލުގެނެސް އޮފީސް ހުޅުވާ ދުވަސްތައް ހަތަރު ދުވަހަށް ކުޑަކޮށްފަ އެވެ.

ބަންގްލަދޭޝްގެ ވަޒީރުންގެ މަޖިލީހުން ތަޞްދީޤުކުރި އައު އުސޫލުގެ ދަށުން، ސަރުކާރު އޮފީސްތަކުގެ ރަސްމީގަޑިއަކީ ހެނދުނު 9:00 އިން ހަވީރު 4:00 އަށް ކަމުގައި ވަނީ ކަނޑައަޅާފައެވެ.

އަދި، ބާޒާރުތަކާއި ފިހާރަތައް އިރުއޮއްސި 6:00 ގައި ބަންދުކުރުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން، މަދަރުސާތަކުގައި ކިޔަވައިދޭ ވަގުތަށް ބަދަލުގެނައުމަށް، ނުވަތަ އޮންލައިން ކުރުމަށް ތަޢުލީމާ ބެހޭ ވުޒާރާއިން ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

އަދި، މަދަރުސާތަކަށް ޚާއްޞަ އިލެކްޓްރިކް ބަސް އެތެރެކުރުމުގައި އިންޕޯޓުޑިއުޓީ މާފުކޮށްދިނުމަށް ވެސް އެ ޤައުމުގެ ވަޒީރުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk