
ހަނގުރާމައިގައި އީރާނުން ޔަހޫދީންގެ 6000 އަށްވުރެ ގިނަ މީހުން މަރައިފި

ރިޟްވާން މޫސާ - 03 އޭޕްރީލު 2026 - 11:44
މެދުއިރުމަތީގެ ހަނގުރާމައިގައި ޔަހޫދީ އިސްރާއީލަށް އަމާޒުކޮށް އީރާނުން ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް 6239 މީހަކު މަރާލާފައިވާ ކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކައިފި އެވެ
އީރާނާއި ދެކޮޅަށް ހަނގުރާމަ ފުރަތަމަ ފެށީ އެމެރިކާ އިސްވެ އޮވެ އިސްރާއީލުންނެވެ. ހަނގުރާމައިގައި އިސްރާއީލުންނާއި، އެމެރިކާއިން އީރާނަށް ހަމަލާތަށްދީ މީހުން މެރި ކަމުގައި ވިނަމަވެސް އީރާނުގެ ރައްދު ހަމަލާތައް ދެމުން އަންނަ އިރު ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުން އަންހެނުން ނަށްވެސް ނުވަތަ އާންމު ރައްޔިތުން ތިބޭ ތަންތަނަކަށް ހަމަލާ އަމާޒެއް ނުކުރެ އެވެ.
ނަމަވެސް އެމެރިކާއިން ވެސް އަދި އިސްރާއީލުންވެސް އީރާނަށް ހަމަލާތައް ދިނުމުގައި އެއްވެސް އުސޫލެއް ހަމައެއް ނުބަހައްޓައި ހަމަލާތައް އަމާޒު ކުރަމުން އަންނަ ކަން ފާހަގަކޮށްލެވެ އެވެ.
ޔަހޫދީންނަށް ސިހުން ގެނުވައިލި އީރާނުގެ ވަރުގަދަ ޙަމަލާތަކުން ރައްކާތެރިވުމަށް ޔަހޫދީ ދައުލަތުގައި ދިރިއުޅޭ މީހުން ރައްކާތެރި ބިންގަރާސްތަކަށް ދިޔުމަށް ޔަހޫދީ ސަރުކާރުން ދަނީ އަންގަމުންނެވެ.
އޭގެ އިތުރުން މެދުއިރުމަތީގެ އެކި ސަރަޙައްދުތަކަށް ދެމުންދާ ޙަމަލާތަކުގައި އެމެރިކާގެ 13 ސިފައިން ވެސް މިހާތަނަށް މަރުވެ، 200އަށް ވުރެ ގިނަ މީހުންނަށް ޒަޚަމްވެފައިވެއެވެ.
މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން ބަޙްރައިންއަށް އަމާޒުވި ޙަމަލާތަކުގައި މިހާތަނަށް 3 މީހުން މަރުވެ އެތައް ބަޔަކަށް ޒަޚަމްވެފައިވެއެވެ. ޢިރާޤުގައި މިހާތަނަށް 108 މީހުން މަރުވެފައިވާއިރު އެތައް ބަޔަކު ޒަޚަމްވެފައިވެއެވެ. ޢުރުދުންގައި ވެސް 29 މީހަކަށް ޒަޚަމްވެފައިވެއެވެ.
ކުވައިތުގައި ވެސް ހަތް މީހުން މަރުވެފައިވާއިރު ގިނަ ބަޔަކު ޒަޚަމްވެފައިވެއެވެ. ޢުމާނުގައި ވެސް ތިން މީހުން މަރުވެ 15 މީހުން ޒަޚަމްވެފައިވެއެވެ. އަދި ޤަޠަރުގައި ވެސް 16 މީހުން ހަމަލާތަކުގައި ޒަޚަމްވެފައިވެއެވެ. އޭގެ އިތުރުން ސަޢުދީ ޢަރަބިއްޔާގައި ދެ މީހުން މަރުވެ 20 މީހުން ޒަޚަމްވެފައިވެއެވެ.
އަދި އެކުވެރި ޢަރަބި އިމާރާތުގައި ވެސް ވަނީ 12 މީހުން މަރާލައި 190 މީހުންނަށް ޒަޚަމް ކޮށްލާފަ އެވެ.
ޔަހޫދީންގެ ޙަމަލާތަކުގައި ލުބުނާނުގައި މިހާތަނަށް 1،318 މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި މައުސޫމް ކުޑަކުދިން ވެސް ހިމެނެއެވެ. އަދި ޙަމަލާތަކުގައި 3،935 މީހުންނަށް ޒަޚަމްވެފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ދުނިޔޭގެ ފަންނުވެރިންގެ ބޮޑު ސަމިޓެއް ރާއްޖޭގައި ބާއްވަނީ
ގަޑިއިރެއް ކުރިން

ޙަރަދު ކުޑަކުރަން ބަނގުލަދޭޥްގައި ވެސް ރަސްމީ ގަޑި ކުޑަކޮށްފި
ގަޑިއިރެއް ކުރިން

500 މިލިޔަން ޑޮލަރުގެ ސުކޫކު ދައްކައި ޚަލާސްކޮށްފި
4 ގަޑިއިރު ކުރިން

ކުރިއަށް އޮތް ތަނުގައި "ޓެކްސީ ލައިން" ޙިދުމަތް ފުޅާކުރާނަން: މިނިސްޓަރ
4 ގަޑިއިރު ކުރިން


.gif&w=3840&q=75)