logo

ކުރިއަށް އޮތް ތަނުގައި "ޓެކްސީ ލައިން" ޙިދުމަތް ފުޅާކުރާނަން: މިނިސްޓަރ

profile

ރިޟްވާން މޫސާ - 03 އޭޕްރީލު 2026 - 09:27

ކުރިއަށް އޮތް ތަނުގައި މާލެ ސަރަހައްދަށްވެސް ޓެކްސީ ލައިންގެ ޙިދުމަތް ފުޅާ ކުރައްވަން ގަސްތު ކުރައްވާ ކަމަށް ތްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުއްޖެއެވެ.

https://wamco.com.mv/

100% ތިމާވެއްޓާއި ރައްޓެހި އުޅަނދުތަކާއެކު މާލޭގައި ޓެކްސީ ލައިންގެ ޙިދުމަތް ރަސްމީކޮށް ވަނީ ފަށާފަ އެވެ. ހުޅުމާލޭ ސެންޓަރލް ޕާކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޓެކްސީ ލައިންގެ ޙިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

undefined

މި ރަސްމިއްޔާތުގައި ރައީސުލް ޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ އިސްވެރިންނާއި، އެމްޓީސީސީގެ ވަރަށް ގިނަ އަދަދެއްގެ މުއައްޒަފުންވެސް ބައިވެރިވެފައިވެ އެވެ.

މާލެއިން ޓެކްސީ އެއް ހޯދުމަކީ އަބަދުވެސް ރައްޔިތުން ކުރަމުން އަންނަ އެންމެ ބޮޑު އެއް ޝަކުވާއެއް ކަމަށް އަބަދުވެސް ވަނީ ފާހަގަ ކުރެވިފަ އެވެ.

undefined

މާކެ ސަރަހައްދުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެއްގަމު ދަތުރުފަތުރުކަން ފާހަގަ ކުރައްވަމުން މިނިސްޓަރ އަމީން ވިދާޅުވީ މާލެ ޓެކްސީ ލައިންގެ ޚިދުމަތަކީ މާލެ ސިޓީގެ ދަތުރުފަތުރުގެ ނިޒާމަށް ހެޔޮ ބަދަލެއް އަންނާނެ ތާރީޚީ ކަމެއްކަމަށެވެ.

ބްރިޖުގެ ޒަރީޢާއިން މާލެ، މާލޭ އެއަރޕޯޓް އަދި ހުޅުމާލެ ގުޅާލެވިފައިވާއިރު، އެއްގަމު އުޅަނދެއްގެ އެހީތެރިކަމާ ނުލައި އެއް ތަނުން އަނެއް ތަނަށް ދަތުރުކޮށް އުޅުމަކީ ކުރެވޭވަރުގެ ކަމެއްނޫންކަމަށެވެ.

undefined

އަމީން ވިދާޅުވީ ޓެކްސީލައިންގެ ޚިދުމަތް ބިނާކޮށްފައިވަނީ މައިގަނޑު 3 އަސާސެއްގެ މައްޗަށްކަމަށެވެ. އެގޮތުން ފުރަތަމަ ކަމަކީ، ދަތުރުކުރައްވާ ފަރާތްތަކާއި، ޓެކްސީ ޑްރައިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުންކަމަށާއި ދެވަނަ ކަމަކީ، އެ ވުޒާރާއިން ކަނޑައަޅާފައިވާ ޓެކްސީ ފެއަރ ނުވަތަ އަގުތަކުގައި ޚިދުމަތް ފޯރުކޮށް ދިނުމާއި ޚިދުމަތް ރައްޔިތުންނަށް ލިބިދިނުންކަމަށް ވަޒީރު ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk