logo

ދުނިޔޭގެ ފަންނުވެރިންގެ ބޮޑު ސަމިޓެއް ރާއްޖޭގައި ބާއްވަނީ

profile

ރިޟްވާން މޫސާ - 03 އޭޕްރީލު 2026 - 11:45

ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އުފެއްދުންތެރި ފަންނުވެރިންނާއި ކޮންޓެންޓް ކްރިއޭޓަރުން ބައިވެރިވާ ބޮޑު ސަމިޓެއް ރާއްޖޭގައި ބޭއްވުމަށް ވިޒިޓް މޯލްޑިވްސްއިން ތައްޔާރުވެއްޖެއެވެ.

https://wamco.com.mv/

މި ސަމިޓު ބޭއްވުމަށް ހަމަޖެހިފައިވަނީ، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 20 އިން 25 ގެ ނިޔަލަށެވެ.

މިއަހަރުގެ ސަމިޓުގެ ނަމަކީ "ވޯލްޑް ކްރިއޭޓަރ ސަމިޓް އެންޑް ވޯލްޑް ކްރިއޭޓާ އެވޯޑްސް ޕަވަރޑް ބައި ކްރިއެޓޯލް" އެވެ.

މި ހަރަކާތް އިންތިޒާމު ކޮށްގެން ކުރިއަށް ގެންދަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ނުފޫޒުގަދަ އެއް އެވޯޑް ކަމަށްވާ "ވޯލްޑް ޓްރެވަލް އެވޯޑްސް" އާއި ވިޒިޓް މޯލްޑިވްސް ގުޅިގެންނެވެ.

ބައިނަލް އަގުވާމީ ހަރަކާތެއްގެ ގޮތުގައި މި ހަރަކާތް ބޭއްވުމުގެ އެއްބަސްވުމުގައި ސޮއިކުރުން ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މި އެއްބަސްވުމުގައި ވިޒިޓް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ، އެ ކޯޕަރޭޝަނުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިބްރާހީމް ޝިއުރީއެވެ. އަދި ވޯލްޑް ޓްރެވަލް އެވޯޑްސްގެ ފަރާތުން ސޮއިކުރެއްވީ، އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް ޖަސްޓިން ކޫކްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އިބްރާހީމް ޝިއުރީ ވިދާޅުވީ، ފަތުރުވެރިކަން އިޝްތިހާރު ކުރާ ގޮތް ވަރަށް އަވަހަށް ބަދަލުވަމުންދާ ކަމަށާއި، މި ބަދަލުގެ މައިގަނޑު އަސާސަކީ ކްރިއޭޓަރުން ކަމަށެވެ.

އަދި މި ސަމިޓުގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ރާއްޖެއަށް އައު ދޮރުތަކެއް ހުޅުވިގެންދާނެ ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk