
ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
500 މިލިޔަން ޑޮލަރުގެ ސުކޫކު ދައްކައި ޚަލާސްކޮށްފި

ރިޟްވާން މޫސާ - 03 އޭޕްރީލު 2026 - 09:28
ދިވެހި ސަރުކާރުން 2021ވަނަ އަހަރު ބައިނަލްއަގުވާމީ މާލީ ބާޒާރަށް ދޫކޮށްފައިވާ 500 މިލިޔަން އެމެރިކާ ޑޮލަރުގެ ސުކޫކު ދައްކައި މުޅިން ޚަލާސްކޮށްފިއެވެ.
މި ސުކޫކަކީ 2021 ވަނަ އަހަރު އޭރުގެ ސަރުކާރުން، އޭގެ ކުރީގެ ސަރުކާރުން ނަގާފައިވާ 250 މިލިޔަން ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑު އަދާކުރުމަށް ވިއްކި ސުކޫކެކެވެ.
ސަރުކާރުން މި ފައިސާ ދެއްކުމުގައި ބޭނުންކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު، އެސްޑީއެފްއާއި ދައުލަތުގެ ރިޒާވްގައި ހުރި ފައިސާއެވެ.
ސްކޫކު ދެއްކުމާއެކު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނީގެ މިންވަރު ކުޑަވެގެންދާނެ އެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، ރާއްޖޭގެ އިގުތިސާދަށް ބުރަ ނުވާނެ ގޮތަށް ދަރަނި އަދާކުރުމުގެ ހަރުދަނާ ފިޔަވަޅުތަކެއް ވަނީ އަޅަން ފަށާފައެވެ. އޭގެ ތެރޭގައި އެސްޑީއެފްއަށް ބޭރު ފައިސާ ޖަމާކުރަން ފެށުމާއި، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ރޭޓަށް ގެނައި ބަދަލުތައް ހިމެނެއެވެ.
ސަރުކާރުން ހާމަކުރި ގޮތުގައި، ސުކޫކަށް ދައްކަންޖެހޭ އަސްލު އަދަދު ކަމަށްވާ 500 މިލިޔަން ޑޮލަރާއި، އޭގެ ފައިދާގެ ގޮތުގައި ދައްކަންޖެހޭ 24.68 މިލިޔަން ޑޮލަރާއެކު ޖުމްލަ 524.68 މިލިޔަން އެމެރިކާ ޑޮލަރު މިހާރު ވަނީ ދައްކައި ނިންމާފައެވެ.
ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ މިއަހަރުގެ މާރިޗު މަސް ނިމުނުއިރު 1.3 ބިލިޔަން ޑޮލަރަށް އަރާފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ރަސްމީ ރިޒާވް މިހާ މަތީ މިންވަރަކަށް އިތުރުވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. ސަރުކާރުގެ މި ހަރުދަނާ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން، އެސްޑީއެފްގެ ބޭރު ފައިސާގެ ބެލެންސް ފުރަތަމަ ފަހަރަށް 350 މިލިޔަން ޑޮލަރަށްވުރެ އިތުރުވެފަ އެވެ.
ސަރުކާރުން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ އަސާސީ ޙިދުމަތްތައް ފޯރުކޮށްދިނުމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ދުނިޔޭގެ ފަންނުވެރިންގެ ބޮޑު ސަމިޓެއް ރާއްޖޭގައި ބާއްވަނީ
ގަޑިއިރެއް ކުރިން

ޙަރަދު ކުޑަކުރަން ބަނގުލަދޭޥްގައި ވެސް ރަސްމީ ގަޑި ކުޑަކޮށްފި
ގަޑިއިރެއް ކުރިން

ހަނގުރާމައިގައި އީރާނުން ޔަހޫދީންގެ 6000 އަށްވުރެ ގިނަ މީހުން މަރައިފި
ގަޑިއިރެއް ކުރިން

ކުރިއަށް އޮތް ތަނުގައި "ޓެކްސީ ލައިން" ޙިދުމަތް ފުޅާކުރާނަން: މިނިސްޓަރ
4 ގަޑިއިރު ކުރިން


.gif&w=3840&q=75)