ތިނަދޫ ސިޓީ މަގު ހެދުމުގެ ތިންވަނަ ސެގްމެންޓުގެ މަސައްކަތް މިއަދު ފަށައިފި

ރިޟްވާން މޫސާ - 23 މާރިޗު 2026 - 18:49
ތިނަދޫ ސިޓީ މަގު ހެދުމުގެ ތިންވަނަ ސެގްމެންޓުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
ތިނަދޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށްޓަކައި ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރުސީ) އާ ހަވާލުކޮށްފައިވާ ތިނަދޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމުިގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ފަށްޓަވައިދެއްވީ މިއަދފު އެ ސިޓީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހައުސިން އެންޑް އިންފްރާ ސްޓަރކްޗަރ ޑރ. އަބުދުﷲ މުއްތަލިބެވެ.
މި މަޝްރޫއުގެ ދަށުން ތިނަދޫ ސިޓީގެ 50 މަގު (19.3 ކިލޯ މީޓަރު)ގެ ސަރަހައްދެއްގައި ތާރު އެޅުމާއި، ފެންހިންދާ ނިޒާމުގެ ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މަސައްކަތް ނިންމަޖެހެނީ 1440 ދުވަހުގެ ތެރޭގަ އެވެ. އެއީ ގާތްގަނޑަކަށް 4 އަހަރު ދުވަހުގެ މުއްދަތެކެވެ.
މީގެ އިތުރުން މިއަދު ވަނީ ތިނަދޫ ސިޓީގައި 50 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތްވެސް ފަށްޓަވާފަ އެވެ. މި މަސައްކަތްވެސް ފަށްޓަވައިދެއްވީ ޑރ. އަބުދުﷲ މުއްތަލިބެވެ.
ގުޅުން ހުރި ޙަބަރުތައް
ތިނަދޫ ސިޓީގައި 50 ހައުސިން ޔުނިޓުގެ މަސައްކަތް ފަށައިފި
2 ގަޑިއިރު ކުރިން

އެކަކު އަނެކަކު ކުށްވެރިކޮށް ކާފިރު ކުރުމަކީ ރަޙްމަތުގެ ދީނުގެ ސިފައެއް ނޫން: ރައީސް މައުމޫން
3 ގަޑިއިރު ކުރިން

ބިންކޮޅު ދޫކޮށްނުލައި އާއިލާ މެންބަރަކަށް ދެވޭ ގޮތަށް އުސޫލު ބަދަލުކުރަނީ
10 ގަޑިއިރު ކުރިން

ވެރިއަކަށް ހުންނަ މީހަކު މަރުގެ އަދަބު ތަންފީޒުނުކުރުމަކީ ޗޮއިސް އެއްނޫނު : ރައީސް
13 ގަޑިއިރު ކުރިން


.gif&w=3840&q=75)