logo

އެކަކު އަނެކަކު ކުށްވެރިކޮށް ކާފިރު ކުރުމަކީ ރަޙްމަތުގެ ދީނުގެ ސިފައެއް ނޫން: ރައީސް މައުމޫން

profile

ރިޟްވާން މޫސާ - 23 މާރިޗު 2026 - 18:02

ޖަދަލުކޮށް އެކަކު އަނެކަކު ކުއްވެރި ކުރުމަކީ އިސްލާމް ދީނުގެ ރިވެތި ސިފައެއް ނޫންކަމަށް ކުރީގެ ރައީސް އަލް އުސްތާޒް މައުމޫން އަބުދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ރައީސް މައުމޫން އެމަނިކުފާނުގެ އެކްސްގައި ރައްޔިތުންނާއި ހިއްސާ ކުރެއްވެވި ޕޯސްޓުގައި އިސްލާމީ ރިވެތި އުސޫލު ބަޔާންކޮށްދެއްވައި އެކަކު އަނެކަކަށް ޖަދަލު ކުރުމަކީ އިސްލާމީ ރިވެތި އުސޫލު ނުވަތަ ރަހުމަތުގެ ދީނުގެ ސިފައެއް ނޫންކަމަށް ވަނީ ހަނދުމަކޮށްދެއްވާފަ އެވެ.

"ޖަދަލުކޮށް އެކަކު އަނެކަކު ކުށްވެރިކޮށް ކާފިރު ކުރުމަކީ ރަޙްމަތުގެ ދީނުގެ ސިފައެއް ނޫން." ރައީސް މައުމޫންގެ ޕޯސްޓުގައިވެ އެވެ.

ރައީސް މައުމޫނުގެ އެހެން ޕޯސްޓެއްގައި ބުނެފައި ވަނީ ސުންނީ މުސްލިމުންނޭ، ޝީޢާ މުސްލިމެކޭ ސަލަފީ މުސްލިމެކޭ ވިދާޅު ނުވުމަށް އެދިވަޑައިގެންފަ އެވެ. އެމަނިކުފާނު ވިދާޅުވަނީ އަޅުގަނޑުމެން އެންމެންނަކީ ވެސް މުސްލިމުން ކަމަށާއި، މިފަދަ ވާހަކަ ތަކަކީ އިސްލާމް ދީނުގެ އަދުއްވުން އަޅުގަނޑުމެންގެ މުޖުތަމައު ބައިބައި ކުރުމަށް ދައްކާ ވާހަކަތަކެއް ކަމަށެވެ.

"މިއީ ސުންނީ މުސްލިމެކޭ ޝީޢާ މުސްލިމެކޭ ސަލަފީ މުސްލިމެކޭ ވިދާޅުނުވާށެވެ! އަޅުގަނޑުމެންނަކީ ހައްތާވެސް މުސްލިމުންނެވެ. އެއީ އަޅުގަނޑުމެން ބައިބައިކުރަން ޢަދުއްވުން ކިޔާހާ އެއްޗިއްސެވެ." ރައީސް މައުމޫން ގެ ޕޯސްޓުގައިވެ އެވެ.

ރައީސް މައުމޫން އެކްސްގައި ކުރެއްވެވި ޕޯސްޓުގައި ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެމަނިކުފާނު ދެއްކެވި ވާހަކަފުޅަކީ ރަނގަޅު ވާހަކަފުޅެއްކަން ފާހަގަކުރައްވައި ތައުރީފް ކުރައްވާފަ އެވެ.

ރައީސް މައުމޫނަކީ ރާއްޖެ ދުއް އެންމެ އިލްމުވެރި އެއް ބޭފުޅެކެވެ. އެމަނިކުފާނު ވަނީ ފަލަކީ އިލްމާއި، ދީނީ އިލްމުން ވަރަށް ގިނަ ސަނަދުތައް ހާސިލްކުރައްވައި ރާއްޖޭގައި އިސްލާމީ ވަހުދަތު ދެކެހެއްޓުމަށްޓަކައި ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފަ އެވެ.

ރައީސް މައުމޫނަކީ ދިވެހިންގެ މެދުގައި ވަރަށް އިޙްތިރާމް ކުރައްވާ ޝަހުސިއްޔަތެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk