
ބިންކޮޅު ދޫކޮށްނުލައި އާއިލާ މެންބަރަކަށް ދެވޭ ގޮތަށް އުސޫލު ބަދަލުކުރަނީ

ރިޟްވާން މޫސާ - 23 މާރިޗު 2026 - 10:14
ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފްލެޓް ނުވަތަ ގޯއްޗަށް ކުރިމަތިލާއިރު، އެ މީހެއްގެ ނަމުގައި އޮންނަ 400 އަކަފޫޓަށްވުރެ ކުޑަ ބިންކޮޅު ސަރުކާރަށް ދޫކޮށްލަންޖެހޭ އުސޫލު ބަދަލުކުރަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ.
ރައީސުލް ޖުމްހޫރުިއްޔާގެ އޮފީހުގައި ނޫސްވެރިންނާއި، ބައްދަލުކުރައްވައި ވަރަށް ގިނަ ކަންކަން ރައީސް މިއަދު ވަނީ ރައްޔިތުންނަށް ހިއްސާކުރައްވާފަ އެވެ.
މިއަދުގެ މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ގޯއްޗެއް ނުވަތަ ފްލެޓެއް ލިބޭ މީހެއްގެ ނަމުގައި 400 އަކަފޫޓަށްވުރެ ކުޑަ ބިންކޮޅެއް އޮތް ނަމަ، އެ ބިންކޮޅު ދައުލަތަށް ދޫކޮށްލަން ޖެހޭ ކަމަށެވެ.
އެހެން ކަމުން އެ މީހެއްގެ ނަމުގައި އެ އޮންނަ ގޯއްޗެއް ފުލެޓެއް ޖުވަތަ ބިން ކޮޅެއްވިޔަސް އެ ފަދަ އެެއްޗެއް ދޫކޮށްލުމަށް އޮންނަ އުސޫލު ބަދަލުކުރައްވާނެ ކަމަށާއި، އަލަށް އޮންނަ އުސޫލުގައި ކޮންމެ މީހަކަށް ވސް އެމީހެއްގެ އާއިލާ މެންބަރަކަށް ދެވިދާނެ ކަމަށެވެ.
އެގޮތުން، އެ ބިންކޮޅު އެމީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާ، ދަރިން ނުވަތަ އެއްބަނޑު އެއްބަފާ މީހެއްގެ ނަންމައްޗަށް ބަދަލުކުރެވޭނެއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި އުސޫލަކީ ކުރީ ސަރުކާރުން ހިންގި "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް ވެސް ތަންފީޒުވާނެ އުސޫލެއް ކަމަށެވެ.
ނަމަވެސް، ސަރުކާރަށް ދޫކޮށްލަންޖެހޭނީ ހަމައެކަނި ސަރުކާރުން ދީފައިވާ ފްލެޓެއްގައި ދިރިއުޅެމުންދާ މީހަކު، އެ ފްލެޓް ދޫކޮށްފައި ދާންޖެހޭ ހާލަތްތަކުގައި އެ ފްލެޓް އެކަނި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި އުސޫލުތަކަށް ގެނެވޭ ބަދަލުތައް މިއަދު ނޫނީ މާދަމާގެ ވަގުތެއްގައި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރެވޭނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ވެރިއަކަށް ހުންނަ މީހަކު މަރުގެ އަދަބު ތަންފީޒުނުކުރުމަކީ ޗޮއިސް އެއްނޫނު : ރައީސް
10 ގަޑިއިރު ކުރިން

ރާއްޖޭގެ އެއްވެސް ސަރަހައްދެއް ހަނގުރާމައިގެ ބޭނުމަށް ބޭނުން ނުކުރެވޭނެ: ރައީސް
10 ގަޑިއިރު ކުރިން

ދެބެއިންގެ މައްޗަށް ވެސް ޑްރަގުގެ މައްސަލައިގައި ދައުވާ އުފުލައިފި
ދުވަހެއް ކުރިން

އީރާނުން ޔަހޫދީންނަށް ހަމަލާދީ 100 އަށްވުރެ ގިނަ މީހުން ޒަހަމް ކޮށްލައިފި
ދުވަހެއް ކުރިން


.gif&w=3840&q=75)