logo

ދެބެއިންގެ މައްޗަށް ވެސް ޑްރަގުގެ މައްސަލައިގައި ދައުވާ އުފުލައިފި

profile

ރިޟްވާން މޫސާ - 22 މާރިޗު 2026 - 19:25

ފުލުހުން ތަހުގީގު ކުރަމުން ދިޔަ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރި ދެބެއިން ގެ މައްޗަށްޗަށްވެސް ޑްރަގުގެ މައްސަލައިގައި ދައުވާ އުފުލައިފި އެވެ.

https://wamco.com.mv/

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހައްޔަރު ކުރި މި ދެބެއިންނަކީ، މއ. މަޒާގެ، މުޙައްމަދު އައިޝް އަޙްމަދު (34އ) އާއި މާލެ / މއ. މަޒާގެ، އާމިނަތު ޢިއްލިއްޔީން އަޙްމަދު (25އ) އެވެ.

މި ދެ މީހުންގެ މައްޗަށްވެސް ދައުވާ އުފުލާފައިވަނީ ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ އަދި ކެނެބިސް ބޭނުން ކުރުމުގެ ދައުވާއެވެ.

މި ދެބެއިން ހައްޔަރު ކުރިއިރު، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެ މީހުންނާ ގުޅުން ހުރިކަމަށް ބެލެވޭ މާލޭގެ ދެ ގެޔަކުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބިޑިއަކާއި ރަބަރު ޕެކެޓުތަކެއް ފެނިފައިވެއެވެ.

އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 1246 ގުރާމު ކަމަށް އޭރު ފުލުހުން ބުނެފައިވެ އެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް އަދަބު ދިނުމުގެ ބަދަލުގައި، އެމީހުން އަލުން މުޖުތަމަޢަށް ނެރުމަށްޓަކައި ގާނޫނުގެ ދަށުން ފަރުވާގެ ފުރުޞަތު ލިބިދެއެވެ.

އެ ގޮތުން، ކުށް ސާބިތުވާ މީހާއަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްނަމަ، ޑްރަގް ކޯޓު މެދުވެރިކޮށް ފަރުވާގެ ޕްރޮގްރާމެއްގައި ބައިވެރިވުމަށް އަމުރު ކުރެވިދާނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk