
ހަމަ ހަގީގަތުގައިވެސް ނަތަންޔާހޫ މަރާލައިފިތަ؟

ރިޟްވާން މޫސާ - 22 މާރިޗު 2026 - 15:37
މެދު އިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ވަރުގަދަ އަސްކަރީ ކުރިމަތިލުން ތަކެއް ދަނީ އެސަރަހައްދުތަކުގައި ހިނގަމުންނެވެ.
ދުނިޔޭގެ އިގްތިސާދަށް ވަރުގަދަ ލޮނޅުންތަކެއް އަރައި ތެލާއި ގޭހަށް ޖެހިފައިވާއިރު ހަނގުރާމަ އާއި ގުޅިގެން ދެމުންދާ ހަމަލާ ތަކުގެ ސަބަބުން މުޅި ދުނިޔެ ސާފު ކުރަން ބޭނުންވާ ބައެއް ކަންކަން އެބަ ހުއްޓެވެ.
ނިއުކުލިއަރ ޕްރޮގްރާމުގެ މައުލޫމާތުތައް ހިއްސާ ނުކުރާނަމަ ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ ބިރު ދެއްކުމަށް ފަހު ޔަހޫދީ އިސްރާއީލާއި ގުޅިގެން ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އެމެރިކާ އީރާނާ ދެކޮޅަށް ހަނގުރާމަ ފެށީ މިދިޔަ ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހުގަ އެވެ.
އީރާނަށް ދެމުންގެންދިޔަ ހަމަލާތަކުގެ ޝިކާރައިގެ ތެރެއިން އެގައުމުގެ އެންމެ މަތީ ވެރިޔާ ނުވަތަ ސްޕްރީމް ލީޑަރު އާޔަތުﷲ އަލީ އަލް ހާމަނާއީ ވަނީ އަވަހާރަކޮށް ލާފަ އެވެ. ރޫހާނީ ލީޑަރު އަވަހާރަ ކޮށްލުމުގައި އީރާނުގެ ބައެއް ފަރާތްތައް ނުވަ ޖާސޫސީ ފަރާތްތަކެއްގެ އަތެއް ވާކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ތުހުމަތު ކޮށްފަ އެވެ.
އެހާ ހިސާބުން ދެން އީރާނުން ރައްދު ހަމަލާތައް ފޮނުވަން ފެށި އެވެ. އެމެރިކާ އަށާއި، އިސްރާއީލަށް ހަމަލާ އަމާޒު ކުރުމުގައި އީރާނަކުން މެންދަމެއް މެންދުރެއް ނުބަލަ އެވެ. އެމެރިކާގެ އަސްކަރީ ބޭސްތަކަށާއި، އިސްރާއީލުގެ ހުރިހައި ސަރަހައްދަކަށްވެސް ހަމަލާތައް އަމާޒުކުރަން ފެށީ އެވެ.
ހަނގުރާމައިގެ ސަބަބުން މި ފަހަކުން އެންމެ ގަދަޔަށް ދެކެވެމުން އަންނަ އެއް ވާހަކަ އަކީ ނުބައި ނުލަފާ ޔަހޫދީންގެ ވެރިޔާ ނުވަތަ އިމާމަކަށް ހުރި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަރާލާފިކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކެވެ.
އީރާނުން ފުލު ފުލުގައި އިސްރާއީލަށް ދެމުން ގެންދިޔަ ރައްދު ހަމަލާތަކުގައި އިސްރާއީލުގެ ވެރިކަން ކުރާ ރަށް ނުވަތަ އެއްމެ ބޮޑު ސިޓީ ވަނީ މުޅިން ހަނަފަސް ސަހަރާއަކަށް ހަދާލާފަ އެވެ. އިސްރާއީލަށް ބެލިސްޓިކް މިސައިލްތައް ފޮނުވައި ހަމަލާ ދިނުމުގައި އީރާނުގެ ލަޝްކަރު ވަނީ އާ ހިތް ވަރަކާއެކު ސަފުތައް ރުކުރުވާލާފަ އެވެ.
ހަނގުރާމައިގައި ލިބެމުންދާ ގެއްލުންތައް ބައިނަލް އަގުވާމީ މީޑިޔާ ތަކުގައި ހާމަވަމުންދާއިރު އިސްރާއީލުން ވަރަށް ބޮޑަށް އެގައުމަށް ލިބުނު ގެއްލުން ސިއްރުކޮށްފައި ވެއެވެ. ހަނގުރާމައިގައި ނަތަންޔާހޫ މަރާލި ކަމުގައިވިނަމަވެސް އެކަންވެސް ސިއްރުކޮށްފާނެ ތާއެވެ.
އިސްރާއީލަށް ލިބުނު ބޮޑެތި ގެއްލުންތަކެއްގެ ވާހަކަ ސިއްރުކޮށްފައި ވަނިކޮށް މި ފަހަކުން ވަނީ ނޫސްވެރިއަކު އެކަންކަން ފާޅާއަރުވާލައި މީޑިޔާއަށް އެ ކަންކަމުގެ މައުލޫމާތުތައްވެސް ތިލަކޮށްފަ އެވެ.
ނަތަންޔާހޫ މަރާލި ކަމަށް ދެކެވޭ ވާހަކަތަކަށް އޭނާ އަށް ސަޕޯޓުކުރާ ފަރާތްތަކުން ނަތަންޔާހޫ މަރު ނުވާކަމަށް ދައްކުވައިދޭ އޭއައި ވީޑިއޯ އާއި ފޮޓޯ ފަދަ ތަކެތި ދަނީ ސޯޝަލް މީޑިޔާގައި ދައުރުކުރަމުންނެވެ. ހަގީގަތެއް ނޭނގެ އެވެ. ހަމަ އެކަނި އެނގެނީ ފޭކު ވީޑިއޯ ކުޅެ އާންމުކުރާ ކަމެވެ. ނަތަންޔާހޫ ވީ ކޮން ތާކު ކަމެއް މަރުވި ކަމެއް ދިރި ހުރި ކަމެއް ހަގީގަތުގައިވެސް އެނގޭ ހެއްޔެވެ.
ގުޅުން ހުރި ޙަބަރުތައް

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ އަންނަ ހޮނިހިރު ދުވަހު
11 ގަޑިއިރު ކުރިން

"ޓެކްސީ ލައިން" މާދަމާ ވެސް އިންޓަރވިއުތައް އޮންނާނެ!
11 ގަޑިއިރު ކުރިން

ޖުލައި މަހު މޯލްޑިވިއަނުން ބެންކޮކަށް ޚާއްސަ ފެއަރއެއް!
11 ގަޑިއިރު ކުރިން
ސަލްޓަން ޕާކު ތަރައްގީ ކުރުމުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި
ދުވަހެއް ކުރިން


.gif&w=3840&q=75)