ސަލްޓަން ޕާކު ތަރައްގީ ކުރުމުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ރިޟްވާން މޫސާ - 21 މާރިޗު 2026 - 19:41
ސަލްޓަން ޕާކު މަރާމާތުކުރުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް ކޮށްނިމިފައިވާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފި އެވެ.
މި މަސައްކަތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގ، އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް، މިނިސްޓަރ އޮފް ޑިފެންސް މުޙައްމަދު ޣައްސާން މައުމޫން، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ޙިލްމީ އަދި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޡީމް ބައިވެރިވެވަޑައިގެންނެވިއެވެ.
މަރާމާތުގެ މަސައްކަތްތަކަށް ސަލްޓަން ޕާކު، ޖުމްހޫރީ މައިދާން އަދި ސުނާމީ ބިނާ ބަންދުކޮށް ޒަމާނީ ފެނަވަރުގައި ތަރައްގީކުރުމަށް މަސައްކަތްތައް ފެށިފައިވަނީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައެވެ.
ކުރިން ސުނާމީ ބިނާ އަދި ސަލްޓަންޕާކް ހުޅުވުން އީދުގެ ފަހަށް ތާވަލުކުރި ނަމަވެސް ރައީސް ވަނީ ސަލްޓަން ޕާކް އަދި ސުނާމީ ބިނާގެ މަސައްކަތް އީދު ދުވަހުގެ ނިޔަލަށް ނިންމަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.
އެހެން ކަމުން ރައީސްގެ ވައުދާއި އެއްގޮތަށް ސަލްޓަން ޕާކާއި، ޖުމންހޫރީ މައިދާން ވެސް ވަނީ މަސައްކަތް ތައް ނިންމައި އީދު ކުޅިވަރުތައް ކުޅެވޭނެ ފަދަ ގޮތައް އިންތިޒާމުތައް ހަމަޖައްސާފަ އެވެ.
ގުޅުން ހުރި ޙަބަރުތައް
ބީއެމްއެލް އިން 3260 ހައުސިން ޔުނިޓު ގާއިމު ކުރަނީ
2 ގަޑިއިރު ކުރިން
ބީއެމްއެލްގެ "އެފޯޑަބަލް ހައުސިންގ" ޔުނިޓްގެ މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ރައީސް ޝަރަފުވެރިކޮށްދެއްވައިފި
2 ގަޑިއިރު ކުރިން

"ލޯންޗް އެކްސިޑެންޓް" އަތް ބުރިވި މީހާ އިތުރު ފަރުވާއަށް އިންޑިޔާ އަށް!
2 ގަޑިއިރު ކުރިން

އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި!
4 ގަޑިއިރު ކުރިން


.gif&w=3840&q=75)