logo

"ލޯންޗް އެކްސިޑެންޓް" އަތް ބުރިވި މީހާ އިތުރު ފަރުވާއަށް އިންޑިޔާ އަށް!

profile

ރިޟްވާން މޫސާ - 21 މާރިޗު 2026 - 19:35

ވ. ފެލިދޫ ކައިރިން ދަތުރު ކުރި ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި އަތް ބުރިވި މީހާ އިތުރު ފަރުވާ އަށް އިންޑިޔާ އަށް ފުރައިފި އެވެ

https://wamco.com.mv/

ލޯންޗުން ދަތުރު ކުރި ތިން މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން ދެ މީހަކު މިވަގުތު ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ލޯންޗުން ވިއްސައިގެން ގޮސް މޫދަށް ވެއްޓުނު ފަސް މީހުންގެ ތެރެއިން އަތް ބުރިވެގެން އިންޑިޔާ އަށް ފުރާފައި ވަނީ ވެސް އިންޑިޔާގެ ރައްޔިތެކެވެ.

ހޮސްޕިޓަލުގައި މިވަގުތު ފަރުވާ ދެމުން އަންނަނީ ރަޝިޔާ އަންހެނަކާއި އިންޑިޔާ ފިރިހެނެކެވެ.

މި ހާދިސާގައި އިންޑިޔާގެ ދެ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެވަގުތުން ފެށިގެން ވަނީ ފަށާފަ އެވެ. އެ ދެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ ޑްރޯން ބޭނުން ކޮށްގެނެވެ.

ޖުމްލަ ހަތް މީހަކު ދަތުރު ކުރި މި ލޯންޗުގައި ސަލާމަތްވި އިންޑިޔާ ފިރިހެނަކާއި، އިނގިރޭސި ވިލާތަށް ނިސްބަތްވާ އަންހެނަކު އިއްޔެ ވަނީ އިންޑިޔާ އަށް ގޮސްފަ އެވެ.

ފުލުހުންގެ މައުލޫމާތު ތަކުން އެނގޭ ގޮތުގައި ލޯންޗުން ދަތުރުކޮށްފައި ވަނީ މުޅިންވެސް ބިދޭސީންނެވެ. އެއިން މީހަކު އަތުގައި ލައިސެންސް އޮތްކަމެއް ނުވަތަ ނޫން ކަމެއްވެސް ސާފެއްނުވެ އެވެ.

ބެލެވޭ ގޮތުގައި އެ ލޯންޗުން ދަތުރުކޮށްފައި ވަނީ މުޅިންވެސް ފަތުރުވެރިންނެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk