ބީއެމްއެލް އިން 3260 ހައުސިން ޔުނިޓު ގާއިމު ކުރަނީ

ރިޟްވާން މޫސާ - 21 މާރިޗު 2026 - 19:40
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވައިލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ (އައިއެންއޭއެޗް) ދަށުން ބީއެމްއެލް އިން 3260 ހައުސިން ޔުނިޓު ގާއިކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ބީއެމްއެލްގެ ސަބްސިޑިއަރީ ކުންފުނި ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީން ހުޅުމާލޭގައި އިމާރާތްކުރާ އަގުހެޔޮ ފްލެޓުތަކުގެ ތެރެއިން ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) ގެ ފަރާތުން އިމާރަތްކުރާ 1224 ޔުނިޓްގެ ބިންގާއަޅައި މަސައްކަތް މިއަދު ވަނީ ފަށާފަ އެވެ.
މިއަދު މި ކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބާއި ބީއެމްއެލްގެ ޗެއަޕަރަސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ އެމްޑީ ހަސަން ޝާމް އަދި ޗައިނާގެ އެމްބަސެޑަރ އާއި ސީއެމްސީގެ ޗެއަރަމަން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ހައުސިންގ ޔުނިޓްތައް އިމާރާތްކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިންމައިލެވޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ސީއެމްސީ އަކީ ރާއްޖޭގައި ގިނަ ޕްރޮޖެކްޓްތަކެއްގެ މަސައްކަތްކޮށް، ހަރުދަނާ ޓްރެކް ރެކޯޑެއް ގާއިމުކޮށްފައިވާ ޗައިނާގެ ކުންފުންޏެކެވެ.
މި ކުންފުނިން ރާއްޖޭގައި ހިންގާފައިވާ ޕްރޮޖެކްޓްތަކުގެ ތެރޭގައި ވިނަރެސް ހައުސިންގ ޕްރޮޖެކްޓް ހިމެނެއެވެ. މިހާރު ވެސް ސީއެމްއީސީން އަންނަނީ ގުޅިފަޅާއި ހުޅުމާލޭ 2ގެ އިންފްރާސްޓްރަކްޗާ މަސައްކަތް ކުރަމުންނެވެ.
ބީއެމްއެލްގެ ހައުސިން ޕްރޮޖެކްޓްތައް ހިންގާނީ މިދާއިރާގައި ފާހަގަކުރެވޭ ބައިނަލްއަގުވާމީ އަދި ރާއްޖޭގެ ކުންފުނިތަކުންނެވެ. އެގޮތުން ސީއެމްއީސީގެ އިތުރުން މި މަޝްރޫއުގެ ފްލެޓްތައް އިމާރަތްކުރާ ކުންފުނިތަކަކީ ޗައިނާގެ ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)، އަދި ރާއްޖޭގެ ކުންފުނިތައް ކަމަށްވާ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، އެފްޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއެވެ.
ގުޅުން ހުރި ޙަބަރުތައް
ސަލްޓަން ޕާކު ތަރައްގީ ކުރުމުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި
2 ގަޑިއިރު ކުރިން
ބީއެމްއެލްގެ "އެފޯޑަބަލް ހައުސިންގ" ޔުނިޓްގެ މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ރައީސް ޝަރަފުވެރިކޮށްދެއްވައިފި
2 ގަޑިއިރު ކުރިން

"ލޯންޗް އެކްސިޑެންޓް" އަތް ބުރިވި މީހާ އިތުރު ފަރުވާއަށް އިންޑިޔާ އަށް!
2 ގަޑިއިރު ކުރިން

އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި!
4 ގަޑިއިރު ކުރިން


.gif&w=3840&q=75)