
"ޓެކްސީ ލައިން" މާދަމާ ވެސް އިންޓަރވިއުތައް އޮންނާނެ!

ރިޟްވާން މޫސާ - 22 މާރިޗު 2026 - 07:50
ޓެކްސީލައިންގެ ޚިދުމަތަށް ބޭނުންވާ ޑްރައިވަރުން ނެގުމަށް މާދަމާ ވޯކް-އިން-އިންޓަރވިއުއެއް ކުރިއަށް ގެންދިޔުމަށް އެމްޓީސީސީން ނިންމައިފިއެވެ.
ޓެކްސީ ލައިންނަށް ބޭނުންވާ ޑްރައިވަރުން ހޯދުމަށް އެންމެ ފަހުން އެމްޓީސީސީން އިންޓަރވިއުތަކެއް ކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.
އެމްޓީސީސީން ބުނީ މާދަމާ ބާއްވާ އިންޓަވިއުތައް ކުރިއަށް ގެންދާނީ މާދަމާ ހެނދުނު 10:00އިން ހަވީރު 16:00އާ ހަމައަށެވެ. އިންޓަވިއު ކުރިއަށްދާނީ މާފަންނު ބަސްޓަމިނަލްގައެވެ.
ސަރުކާރުން ކުރިއަށް ގެންދާ ޓެކްސީ ލައިންގެ ޙިދުމަތް ފޯރުކޮށްދެއްވުމަށް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަނުން ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއެވެ.
ޓެކްސީލައިންގެ ޚިދުމަތުގައި ޕާޓްޓައިމްކޮށް އަދި ފުލްޓައިމްކޮށް މަސައްކަތް ކުރާނެ ޑްރައިވަރުން ހޯދުމަށް އެމްޓީސީސީން ވަނީ އިއުލާން އިޢުލާންކޮށްފައެވެ. ޓެކްސީލައިންގެ ޚިދުމަތް ދިނުމަށްޓަކައި 407 ޑްރައިވަރުން ބޭނުންވެއެވެ.
އޭގެ ތެރެއިން 122 ޑްރައިވަރުން ހޯދަނީ، ޕާޓްޓައިމްކޮށް މަސައްކަތް ކުރާ ގޮތަށެވެ. އަދި ބާކީ 285 ޑްރައިވަރުން ހޯދަނީ، ފުލްޓައިމްކޮށް މަސައްކަތް ކުރާ ގޮތަށެވެ.
ސަރުކާރުން ޓެކްސީލައިނެއް ތަޢާރަފުކުރަން ނިންމީ، ޓެކްސީ ހޯދުމުގައި ޢާއްމުންނަށް ދިމާވާ ދަތިތައް ޙައްލުކޮށް، ބަރޯސާވެވޭ ލުއިފަސޭހަ ޚިދުމަތަކަށް އެޚިދުމަތް ހެދުމަށެވެ. ސަރުކާރުގެ ޓެކްސީ ލައިންގައި 3 ސައިޒެއްގެ އުޅަނދު ހިމެނޭއިރު، މި ޚިދުމަތަކީ 24 ގަޑިއިރު ދޭނެ ޚިދުމަތެކެވެ.
މި ޚިދުމަތް ދޭން ހަމަޖެހިފައިވަނީ، މިކަމަށް ޚާއްޞަ އެޕްލިކޭޝަނެއް ޤާއިމުކޮށް، ރާއްޖެއިން ބޭރުގައި ދޭ އޫބާއާއި ގްރޭބް ފަދަ ޚިދުމަތްތަކުގެ ސްޓައިލަށެވެ.





.gif&w=3840&q=75)