
ޖުލައި މަހު މޯލްޑިވިއަނުން ބެންކޮކަށް ޚާއްސަ ފެއަރއެއް!

ރިޟްވާން މޫސާ - 22 މާރިޗު 2026 - 07:49
އަންނަ ޖުލައި މަހުގެ ބޮޑު ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަނުން ބެންކޮކަށް ހާއްސަ ފެއާއެއް ތައާރަފްކޮށްފި އެވެ
މި ފެއަރގައި ދެކޮޅު ޓިކެޓްގެ އަގު ހުރީ 399 ޑޮލަރުން ފެށިގެންނެވެ . އަދި 25 ކިލޯގެ ބެގެޖް އެލަވަންސް ލިބޭނެކަމަށް މޯލްޑިވިއަނުން ބުނެއެވެ.
ދަތުރުތައް އޮންނާނީ ކޮންމެ އާދިއްތަ ދުވަހަކުއެވެ. އެގޮތުން މާލެއިން ބެންކޮކް ފްކައިޓް އޮންނާނީ މެންދުރުކުރީ 11 ޖަހާއިރުއެވެ. އަދި ބެންކޮކުން މާލެއަށް ދަތުރުފަށާނީ 18:40ގައެެވެ.
ކޮންމެ އަހަރަކުވެސް ސުކޫލު ބަންދާއި އަދި ޗުއްޓީތަކާއި ދިމާކޮށް މޯލްޑިވިއަނުން އެތެރޭގެ އުދުހުންތަކާއި އަދި ބައިނަލްއަޤްވާމީ އުދުހުންތަކުގެ ފްލައިޓްތައްވެސް އިތުރު ކުރެއެވެ.
މޯލްޑިވިއަނުން ކޮންމެ އަހަރެއްގެވެސް ބޮޑު ޗުއްޓީއާ ދިމާކޮށް ބައިނަލް އަގުވާމީ ދަތުރުތަކަށް ހާޢްސަ ފެއާތައް ބާއްވަ އެވެ. އެގޮތުން މިދިޔަ ޖަނަވަރީ މަހުވެސް ވަނީ ކުއަލަލަމްޕޫރަށާއި ބެންކޮކަށް ދަތުރުތަކެއް ކޮށްފައެވެ.





.gif&w=3840&q=75)