logo

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ އަންނަ ހޮނިހިރު ދުވަހު

profile

ރިޟްވާން މޫސާ - 22 މާރިޗު 2026 - 07:50

ބޭންކު އޮފް މޯލްޑިވްސް، ބީއެމްއެލްގެ 43 ވަނަ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 ވާ ހޮނިހިރު ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފިއެވެ.

https://wamco.com.mv/

ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ބާސެލޯ ނަސަންދުރައިގަ އެވެ.

މި ޖަލްސާ ކުރިއަށް ގެންދިއުމުގައި ޖަލްސާ އަށް ހާޒިރު ނުވެވޭ ފަރާތްތަކަށްވެސް އެފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ބެންކް އޮފް މޯލްޑިވިސް އިން ވަނީ އޮންލައިންކޮށް ބައިވެރި ވުމަށް ރަޖިސްޓްރީ ކުރުމަށް މިމަހުގެ 14 ވަނަ ދުވަހު ހުޅުވާލާފަ އެވެ. ރަޖިސްޓްރީ ވުމުގެ މުއްދަތަކީ މިމަހުގެ 26 ވާ ބުރާސްފަތި ދުވަހުގެރޭ 9:00 ގައި ކަމަށެވެ.

އަހަރީ އާންމު ޖަލްސާގައި ޑިރެކްޓަރުންގެ ބޯޑުން ހިއްސާދާރުންނަށް ބެހުމަށް ހުށައަޅާ ފައިދާ ފާސްކުރުމާއި ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަންކުރުން ފަދަ މުހިންމު ކަންކަން ކުރިއަށްގެންދާނެއެވެ. ބީއެމްއެލް އިން ވަނީ 2025 ވަނަ އަހަރު، ރެކޯޑު މާލީ ނަތީޖާއެއް ހާސިލްކޮށްފައެވެ.

ބެންކް އޮފް މޯލްޑިިވްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ވޭތުވެ ދިޔަ މާލީ އަހަރު 30,000 އަށްވުރެ ގިނަ އާ ކަސްޓަމަރުން ބޭންކާ ގުޅި، އަދި ކަސްޓަމަރުންގެ ޑިޕޮސިޓް 2024 ވަނަ އަހަރަށްވުރެ %16 ވަނީ އިތުރުވެފަ އެވެ.

މީގެ އިތުރުން އަމިއްލަ ފަރުދުންގެ ބޭނުންތަކަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިއާއި ކޯޕަރޭޓް ކަސްޓަމަރުންގެ ވިޔަފާރިތަކާއި އިގްތިސާދުގެ މުހިންމު ސިނާއަތްތައް ފުޅާކޮށް ތަރައްގީކުރުމަށް، ލޯނާއި ފައިނޭންސިންގެ ގޮތުގައި ވޭތުވެދިޔަ އަހަރު ބޭންކުން ވަނީ އަލަށް 10 ބިލިޔަން ރުފިޔާ ދޫކޮށްފައެވެ.

އެއީ ބޭންކް އޮފް މޯލްޑިވްސްގެ ތާރީހުގައި ވެސް އެންމެ ގިނަ އަދަދަކަށް އެންމެ ގިނައިން ލޯނު ދޫކުރި އަހަރުކަމަށޤވެސް ބެންކުން ބުނެ އެވެ.

ވޭތުވެދިޔަ އަހަރު ބޭންކުން ހޯދާފައިވާ ނަތީޖާއަކީ މާލީ ގޮތުން ހޯދި ހަރުދަނާ ކުރިއެރުމާއި، ޚިދުމަތްތައް ފުޅާކުރުމަށް ކުރެވުނު މުހިންމު މަސައްކަތްތަކާއި ރާއްޖޭގެ ގައުމީ ބޭންކުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތަކަށް ދީފައިވާ ހާއްސަ ސަމާލުކަން ހާމަކޮށްދޭ ނަތީޖާއެއް ކަމަށް އެބޭންކުން ވިދާޅުވެއެވެ.

ވޭތުވެދިޔަ އަހަރު ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 2.5 ބިލިޔަން ރުފިޔާ ބެންކަށް ލިބިފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު %9.8 ގެ ކުރިއެރުމެކެވެ. ބޭންކުގެ ބެލެންސް ޝީޓަށް އައި ބޮޑު ކުރިއެރުމާއެކު، ބޭންކުގެ ޖުމްލަ އެސެޓްވަނީ 55.8 ބިލިޔަން ރުފިޔާއަށް އިތުރުވެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk