logo

އީރާނުން ޔަހޫދީންނަށް ހަމަލާދީ 100 އަށްވުރެ ގިނަ މީހުން ޒަހަމް ކޮށްލައިފި

profile

ރިޟްވާން މޫސާ - 22 މާރިޗު 2026 - 19:25

އީރާނުން ދެމުން އަންނަ ރައްދު ހަމަލާތަކުގެ ތެރޭގައި 100 އަށް ވުރެ ގިނަ ޔަހޫދީން ޒަހަމް ކޮށްލައިފި އެވެ

https://wamco.com.mv/

އީރާނުގެ ހަމަލާތަކުން ސަލާމަތް ނުވި 100 އަށް ވުރެ ގިނަ މީހަކުން ޒަހަމް ވެފައިވާއިރު މި މީހުންނަށް ސީރިއަސް އަނިޔާތައް ލިބިފައިވާ ކަމަށް ބައިނަލް އަގުވާމީ ރިޕޯޓްތައް ބުނެ އެވެ.

އެމެރިކާއާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި އީރާންގެ ނަޠަންޒް ނިއުކްލިޔަރ މަރުކަޒަށް ދިން ނުރައްކާތެރި ޢުދުވާނުގެ ބަދަލު ހިފުމުގެ ގޮތުން، އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) ޔަހޫދީންގެ އެންމެ ބޮޑު އަސްކަރީ އަދި ނިއުކްލިޔަރ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ރައްދު ޙަމަލާތަކެއް ވަނީ ދީފަ އެވެ.

މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން މި ހަމަލާ ތަކުގައި ޞަހްޔޫނީ ދައުލަތުގެ ދެކުނުގެ ރަށެއް ކަމުގައިވާ ދިމޯނާއާއި އަރާދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނީ، މި އޮޕަރޭޝަނަކީ އަމިއްލަ ދިފާޢުގައި ދިން ޙައްޤު ރައްދެއް ކަމުގައެވެ.

ފެބުރުވަރީ 28 އިން ފެށިގެން އެމެރިކާއާއި ޔަހޫދީން އީރާނަށް ދެމުންދާ ޙަމަލާތަކުގައި މިހާތަނަށް 1,444 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާއިރު، އޭގެ ތެރޭގައި 200 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ 48 ގަޑިއިރު ތެރޭގައި ހުރްމުޒް ކަނޑުއޮޅި ހުޅުވައިނުލައިފި ނަމަ، އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތައް ސުންނާފަތިކޮށްލާނެ ކަމަށް ބުނެ ހަރުކަށި އިންޒާރެއް ދެއްވާފައެވެ.

ނަމަވެސް، އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީވަނީ މި އިންޒާރުތަކަށް ރައްދު ދެއްވައި، އީރާނުގެ ހަކަތައިގެ ވަސީލަތްތަކަށް ޙަމަލާއެއް ދީފިނަމަ، މުޅި ސަރަޙައްދުގައި ހުރި އެމެރިކާގެ ހުރިހާ ހަކަތައިގެ ބިނާރުތައް އަމާޒަކަށް ހަދާނެ ކަމުގައި ވިދާޅުވެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk