
ރާއްޖޭގެ އެއްވެސް ސަރަހައްދެއް ހަނގުރާމައިގެ ބޭނުމަށް ބޭނުން ނުކުރެވޭނެ: ރައީސް

ރިޟްވާން މޫސާ - 23 މާރިޗު 2026 - 07:43
ދިވެހި ރާޢްޖޭގެ އެއްވެސް ސަރަހައްދެއް ހަނގުރާމައިގައި ބޭނުން ނުކުރެވޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގައި ނުވަތަ އެހެންވެސް ހަނގުރާމައެއްގައި ރާއްޖޭގެ އެއްވެސް ސަރަހައްދެއް ބޭނުންނުކުރުމުގެ ފުރުޞަތު ނުދެއްވާނެކަމަށް ފޮރިން މިނިސްޓަރ ޑރ އަބުދުﷲ ޙަލީލް ވެސް ވަނީ މީގެ ކުރިން ތަކުރާރު ކޮށް ވިދާޅުވެފަ އެވެ.
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނަށް ދެއްވަމުން އަންނަ ދައުވަތުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އެމެރިކާ އާއި ޔަހޫދީ ދައުލަތް، އިޒްރޭލުން އިސްވެ އީރާނަށް ދޭންފެށި ހަމަލާތަކަކި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް ކަމަށެވެ.
މި ހަނގުރާމައިގައި ރާއްޖޭގެ އެއްވެސް ސަރަހައްދެއް ބޭނުންކުރުމުގެ ފުރުޞަތު ދޭން އުޅޭކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖެއަށް ފައިދާވާނެ ކޮންމެ ކަމެއްގައި އިޒްރޭލު ފިޔަވައި އެހެން ހުރިހާ ޤައުމަކާވެސް ރާއްޖޭން ގުޅުން ބަދަހިކުރާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެމެރިކާ އާއި ޔަހޫދީން އީރާނަށް ދެމުން އަންނަ ހަމަލާތަކަކީ ބައިނަލްއަގުވާމީ ޤާނޫނުތަކާވެސް ޚިލާފު ހަމަލާތަކެއް ކަމަށެވެ.
އަދި މުސްލިމް އެއްވެސް ޤައުމަކަށް ދޭ އެއްވެސް ހަމަލާއެއް ސަރުކާރުން ބަލައި ނުގަންނާނެ ކަމަށާއި މިހާރު ހިނގަމުންދާ ހަމަލާއާ ރާއްޖޭން ކަނޑައެޅިގެން ދެކޮޅުހައްދަވާ ކަމަށް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ބިންކޮޅު ދޫކޮށްނުލައި އާއިލާ މެންބަރަކަށް ދެވޭ ގޮތަށް އުސޫލު ބަދަލުކުރަނީ
7 ގަޑިއިރު ކުރިން

ވެރިއަކަށް ހުންނަ މީހަކު މަރުގެ އަދަބު ތަންފީޒުނުކުރުމަކީ ޗޮއިސް އެއްނޫނު : ރައީސް
10 ގަޑިއިރު ކުރިން

ދެބެއިންގެ މައްޗަށް ވެސް ޑްރަގުގެ މައްސަލައިގައި ދައުވާ އުފުލައިފި
ދުވަހެއް ކުރިން

އީރާނުން ޔަހޫދީންނަށް ހަމަލާދީ 100 އަށްވުރެ ގިނަ މީހުން ޒަހަމް ކޮށްލައިފި
ދުވަހެއް ކުރިން


.gif&w=3840&q=75)