ތިނަދޫ ސިޓީގައި 50 ހައުސިން ޔުނިޓުގެ މަސައްކަތް ފަށައިފި

ރިޟްވާން މޫސާ - 23 މާރިޗު 2026 - 18:48
ތިނަދޫ ސިޓީގައި 50 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
ތިނަދޫ ސިޓީގައި ބޭއްވި ޙާއްސަ ރަސްމިއްޔާތުގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދާއިރާތަކުގެ މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ހިންގާ މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑް އާއެވެ.
މި މަޝްރޫއުގެ ދަށުން އިމާރާތް ކުރުމަށް ހަމަޖެހިފައި ވަނީ 3 ކޮޓަރީގެ 50 ހައުސިން ޔުނިޓެވެ.
މި މަސައްކަތަކީ 450 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ.
މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅުތަކުގެތެރެއިން ތިނަދޫ ސިޓީއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރުގެ ސިޔާސަތަކީ، ތަރައްޤީގެ މިންގަނޑުން ބަލާއިރުގައި ގެދޮރުވެރިކަންކަމަށް ފާހަގަކުރައްވާފައެވެ.
އައްޑޫ ސިޓީ، ފުވައްމުލައް، ހުވަދުއަތޮޅު ދެކުނުބުރި، ހުވަދުއަތޮޅު އުތުރުބުރި، ޒޯނުގައި އެންމެ ގިނަ ފްލެޓުތަކާއި ހައުސިންގ ޔުނިޓުތައް އެޅިގެންދާނީ ސަރުކާރުން އެކުލަވާލާ ޕްލޭންގެ ދަށުންކަން ރައީސް ފާހަގަކުރެއްވިއެވެ.
ގުޅުން ހުރި ޙަބަރުތައް
ތިނަދޫ ސިޓީ މަގު ހެދުމުގެ ތިންވަނަ ސެގްމެންޓުގެ މަސައްކަތް މިއަދު ފަށައިފި
2 ގަޑިއިރު ކުރިން

އެކަކު އަނެކަކު ކުށްވެރިކޮށް ކާފިރު ކުރުމަކީ ރަޙްމަތުގެ ދީނުގެ ސިފައެއް ނޫން: ރައީސް މައުމޫން
2 ގަޑިއިރު ކުރިން

ބިންކޮޅު ދޫކޮށްނުލައި އާއިލާ މެންބަރަކަށް ދެވޭ ގޮތަށް އުސޫލު ބަދަލުކުރަނީ
10 ގަޑިއިރު ކުރިން

ވެރިއަކަށް ހުންނަ މީހަކު މަރުގެ އަދަބު ތަންފީޒުނުކުރުމަކީ ޗޮއިސް އެއްނޫނު : ރައީސް
13 ގަޑިއިރު ކުރިން


.gif&w=3840&q=75)