
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ފާތިމަތު ޝަމްނާޒް އަލީ ސަލީމް
ޝަމްނާޒް ސްޓޭޓް މިނިސްޓަރކަމުން ވަކިކޮށްފި

ޝުރުފާ މުހައްމަދު - 27 ޖޫން 2024 - 13:19
ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި، އެންވާރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ފާތިމަތު ޝަމްނާޒް އަލީ ސަލީމް މަގާމުން ވަކިކޮށްފި އެވެ.
ޝަމްނާޒް އާއި އިތުރު ދެ މީހެއްގެ މައްސަލަ ތަހުގީގުކުރަން ފަށައި، 3 މީހުން ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގަ އެވެ. މި މައްސަލާގައި ހައްޔަރުކުރި އިތުރު މީހުންގެ މައުލޫމާތު ފުލުހުން ހާމަކޮށްފައި ނުވާ ނަމަވެސް، އެނގިފައިވާގޮތުގައި ސިހުރު ހެދި މީހާ އާއި، ޝަމްނާޒްގެ ކޮއްކޮއެއްވެސް މި މައްސަލާގައި ހައްޔަރުކޮށްފައިވެ އެވެ.އެންވާރަމަންޓް މިނިސްޓްރީގެ ވެބްސައިޓުގައިވާގޮތުން ޝަމްނާޒް މަގާމުން ވަކިކޮށްފައި ވަނީ އޭނާ ހައްޔަރުކުރުމާއި އެކު އިއްޔެ އެވެ.
ޝަމްނާޒަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު މާލެ ސިޓީގެ މޭޔަރަކަށް ހުންނެވި އިރު ކައުންސިލް މެމްބަރެކެވެ. ފަހުން ވެރިކަން ބަދަލުވުމާއި އެކު އެ މަގާމުން އޭނާ އިސްތިއުފާދެއްވި އިރު، އޭނާ އައްޔަންކުރީ މުލިއާގޭގެ މަގާމަކަށެވެ. އެ މަގާމުން ވަކިކޮށް އެންވާރަމަންޓް މިނިސްޓްރީ އަށް އޭނާ ބަދަލުކުރީ މިދިޔަ ރަމަޟާން މަހު އެވެ.
ޝަމްނާޒަކީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުން. އެނގިފައިވާގޮތުގައި އެ ދެބޭފުޅުން ވަރިވީ މި މަސް ތެރޭގަ އެވެ. ރައީސް އޮފީހުން ބުނިގޮތުގައި ރަމީޒް ވެސް މިހާރު ހުންނެވީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ސަސްޕެންޝަނެއްގަ އެވެ. އެކަމަކު އެއީ ކޮން މައްސަލައެއްކަން ހާމަކޮށްފައެއް ނުވެ އެވެ. އަދި ޝަމްނާޒާއި އެކު ރަމީޒް ހައްޔަރުކުރި ކަމެއް، އަދި އެ މައްސަލައާ ގުޅުމެއް ހުރި ކަމެއް ވެސް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން