logo

ކުރަނގި އޮޕަރޭޝަން މުޅި ރާއްޖޭގައި ފަށައިފި

profile

އާމިނަތު ޝަފާ - 30 ޖުލައި 2024 - 18:51

ކުރަނގި އޮޕަރޭޝަނުގެ ތެރެއިން

ކުރަނގި އޮޕަރޭޝަނުގެ ތެރެއިން

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެކުލަވާލާފައިވާ ޕޯޓަލްގެ އެކްސެސް ކައުންސިލްތަކަށްދީ، ރާއްޖޭގެ ހުރިހާ ރަށަކުން ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެގޮތުން ދާހިލީ ވުޒާރާގެ ޓީމެއް ލ. އަތޮޅުގައި މި މަސައްކަތުގައި ޢަމަލީގޮތުން އަންނަނީ ބައިވެރިވެ މަޢުލޫމާތު އެއްކުރުމުގައި ހަރަކާތްތެރިވަމުންކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ. އޮޕަރޭޝަން "ކުރަނގި"އަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކޮށް، އެފަރާތްތައް ގަވާއިދުގެ ތެރެއަށް ވެއްދުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިއަށްގެންދިޔައީ ކ.ހިންމަފުއްޓާއި، މާފުށީގައެވެ. "ކުރަނގީ"ގެ ދެވަނަ ފިޔަވަހީގެ ދަށުން މުޅި ރާއްޖޭގައި މިއަދު ވަނީ އޮޕަރޭޝަން ފަށާފައެވެ.

މި މަސައްކަތާއި ގުޅޭ ވާހަކަ ދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރުގެ ނައިބު އަޝްރަފް މުޙައްމަދު ޢަލީ ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކަށް ކުރަނގި އޮޕަރޭޝަންގެ ޕޯޓަލްއަށް އެކްސެސްވެވޭނެ ގޮތް މިހާރު ހަދާފައިވާ ކަމަށެވެ. އެހެންކަމުން އަންގާރަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ތިބި ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތް ފެށިފައިވާ ކަމަށް އަޝްރަފް ވިދާޅުވިއެވެ. އަޝްރަފް ވިދާޅުވީ، ލ. އަތޮޅު ގަން އަދި ފޮނަދޫގައި ބިދޭސީންގެ މައްސަލަ ބޮޑުކަން އެރަށް ރަށުގެ ކައުންސިލްތަކުން ފާހަގަކުރައްވާކަމަށެވެ. އެގޮތުން އާބާދީ ބޮޑު ސަރަޙައްދުތަކުގައި މިމައްސަލަ ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ.

tel:+9607331319