logo

ކުރިން ނުވި ކަންކަން ކުރަން ފެށުމުން އެކަމަށް މަރުޚަބާ ކިޔަން ޖެހޭ: މިނިސްޓަރ އިހުސާން

profile

ޝުރުފާ މުހައްމަދު - 22 އޯގަސްޓު 2024 - 22:07

ހޯމް މިނިސްޓަރ އަލީ އިހުސާން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ--- ފޮޓޯ: ހޯމް މިނިސްޓްރީ

ހޯމް މިނިސްޓަރ އަލީ އިހުސާން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ--- ފޮޓޯ: ހޯމް މިނިސްޓްރީ

ހައްލުކުރަން މަސައްކަތްކުރާ ބިދޭސީންގެ މައްސަލަ އަކީ ބޮޑު ގައުމީ މައްސަލައެއް ކަމަށާއި، މިކަން ކުރި ނުވެ އޮތީ ކީއްވެތޯ ސުވާލުކުރުން ހުއްޓާލައި އެންމެން އެކަޗެއް ކިޔައިގެން އެއް އަމާޒަކަށް މަސައްކަތް ކުރުމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ގޮވާލައްވައިފި އެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ދާދި ފަހުން ވަނީ، ގަވާއިދާ ޚިލާފަށް އުޅޭ ގިނަ ބަޔަކު އަތުލައިގެންފަ އެވެ. މިކަންކަމާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އިހުސާން ވިދާޅުވީ ގައުމީ ބޮޑެތި މައްސަލަތައް ހައްލުކުރަން މަސައްކަތްކުރާއިރު، މިކަމުގައި ގެންގުޅޭ ނެގެޓިވް ވިސްނުންތައް ދޫކޮށްލަން ޖެހޭ ކަމަށެވެ.

މިކަހަލަ ގިނަ މަސައްކަތްތަކަކީ ވަރަށް ކުރިން ފެށިގެން މޫލައިގެން ގޮސްފަ ހުރި ކަމެއް ކަމަށާއި، މިކަން ހައްލުކުރުމަށް ވަގުތު ބޭނުންވާނެ ކަމަށް ވިދާޅުވި އެވެ. އަދި އެ މަސައްކަތް ފެށުމުން މިކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދިނުމަށް ވެސް މިނިސްޓަރ ވަނީ އެދިވަޑައިގެންފަ އެވެ.

މިސާލަކަށް ދަންނަވަންޏާ ކުރީގަ އެހެން ގޮތަކަށް އެހެން ދީނަކަށް އުޅުނީ އުޅެފަ މިހާރު އިސްލާމްވީ އޭނަ. ދެން އަހަންވީ އޭ ކީއްވެހޭ ކުރިން އިސްލާމްދީނަށް ނޫޅުނީ. އެ ސުވާލުކުރުމުގެ ބަދަލުގައި އޭނަ އަށް މަރުހަބާ ކިޔަން ހިނގާ.

މިނިސްޓަރ ވިދާޅުވީ މިފަދަ ކަންކަމަކީ އެއްބަޔަކު އަނެއް ބަޔަކަށް ބްލޭމްކޮށް، ކުރީ ސަރުކާރާއި ފާއިތުވި ތަނުގެ ކަންކަން ނަގައިގެން ދައްކައިގެން ހައްލުވާނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ. އަދި މިއީ ގައުމީ މައްސަލައެއް ކަމަށް ބުނަނީ ހަގީގަތުގައި ވެސް މި މައްސަލާގެ ބޮޑުކަމުން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެގޮތުން ބޭރު ގައުމުތަކުން ލިބެން ޖެހޭ އެހީތަކާއި، ރާއްޖެ އަށް ލިބޭ ރޭޓިން އަކީ ވެސް މިކަމަށް ބަރޯސާ ވާކަމެއް ކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.

https://wamco.com.mv/
tel:+9607331319