logo

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީން ކާމިޔާބުކޮށްފި!

profile

ރިޟްވާން މޫސާ - 06 ޖޫން 2026 - 14:19

މިއަދު ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ގައި ވަގުތީ ނަތީޖާ ދައްކާ ގޮތުން މި ގޮނޑި ސަރުކާރާއި އިދިކޮޅު އެމްޑީޕީން ކާމިޔާބު ކޮށްފި އެވެ.

https://wamco.com.mv/

އެހެން އިންތިޙާބު ތަކޭވެސް އެއްފަދައިން މި އަދުގެ މި އިންތިޙާބުގައި ވެސް ވޯޓުލުން ފަށާފައި ވަނީ ހެނދުނު 08:00 ގަ އެވެ. އަދި ވޯޓުލުން ހަވީރު 4:00 ޖެހުމާއި ހަމައަށް ކުރިއަށްގެންދިއުމަށް ނިންމާފައި އޮތްނަމަވެސް، ވޯޓުލާން ގިނަ އަދަދެއްގެ މީހުން ކިޔޫގައި ތިބުމުގެ ސަބަބުން އިލެކްޝަން ކޮމިޝަނުންވަނީ ވޯޓުލުމުގެ ވަގުތު ހަވީރު 5:00 ޖެހުމާ ހަމައަށް އިތުރު ކޮށްފައެވެ.

މާލޭގެ ވޯޓު ފޮށިތައް ބަންދުކޮށް ވޯޓު ގުނަން ފަށާފައިވަނީ ހަވީރު 05:40 ހާއިރުގައެވެ. އައްޑޫގައި ބަހައްޓާފައިވާ ވޯޓު ފޮށިތައް 5:00 ޖެހިއިރު ބަންދުކޮށް، 05:30 ހާއިރުވަނީ ވޯޓު ގުނަން ފަށާފައެވެ.

މި އިންތިހާބުގައި ވާދަކުރައްވަނީ ދެ ކެންޑިޑޭޓުންނަކީ ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން އަހުމަދު ސައީދު (ސޮޑާ) އަދި އިދިކޮޅު އެމްޑީޕީން އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ)އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އިންތިހާބު ކާމިޔާބުކޮށްފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ސައީދު ސޮޑާ އެވެ. "އަސްލުޓީވީ" އަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު މިހާތަނަށް ގުނާފައިވާ ހުރިހައި ވޯޓު ފޮށިތަކުންވެސް ސޯބެ ވަނީ ކުރި ހޯދާފަ އެވެ. އެހެން ކަމުން ވަގުތީ ނަތީޖާގައި ސޯބެ ވަނީ އިންތިޙާބު ކާމިޔާބުކޮށްފަ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk