
މައްސަލަ ދިމާނުވެއްޖެނަމަ ގަޑިއަށް ވޯޓު ފޮށިތައް ބަންދު ކުރާނަން: އީސީ

ރިޟްވާން މޫސާ - 06 ޖޫން 2026 - 06:39
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ގައި މިއަދު ހެނދުނު އަށަކުން ފެށިގެން ވޯޓު ލުން ކުރިއަށްދާއިރު އިންތިޙާބުގައި އެއްވެސް މައްސަލައެއް ދިމާނުވެއްޖެނަމަ ގަޑިއަށް ވޯޓު ފޮށިތައް ބަންދު ކުރައްވާނެ ކަމަށް އިލެކްޝަން ކޮމިޝަން އީސީން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަބްދުއްރަހްމާން ސަލާޙް ރަޝީދު ވިދާޅުވީ ބައި އިލެކްޝަންގެ ވޯޓުލުމުގެ ކަންކަން އަމާންކަމާއި އޮމާން ކަމާއެކު ކުރިއަށްދާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލާން ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ ކާކުކަން އަންގައިދޭ ލިއުމެއް ގެންދެވޭކަން ޔަޤީން ކުރުމަށް އިލްތިމާސްކުރައްވާފައެވެ.
ވޯޓުލުމަށް ބޭނުން ކުރެވޭނީ އައިޑީ ކާޑު، ޕާސްޕޯޓު، ޕާސްޕޯޓު ކާޑު އަދި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސެވެ. މި ލިއުންތައް ގެންދާއިރު މުއްދަތު ހަމަވެފައިވާނަމަ ވޯޓުލުމުގެ ފުރުސަތު ނުލިބުން އެކަށީގެންވާކަމަށް އެކޮމިޝަނުން ފާހަގަކުރައްވައެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބު ކުރިއަށްދާއިރު ކެމްޕެއިން ކުރުން މަނާ ގަޑިތަކަށް ސަމާލުވެ، އިންތިޚާބުގެ ވަގުތު ކެމްޕެއިންގެ ޢަމަލުތަކުން ދުރުހެލިވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ޤާނޫނުގެ ތެރެއިން ހުރިހާ މަސައްކަތްތަކެއް ކުރުމަށް ކޮމިޝަނުން ވަނީ އެދިވަޑައިގެންފައެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ އެހެން އިންތިޚާބުތަކާއި އެއްގޮތަށް ވޯޓުގެ ނަތީޖާ ރައްޔިތުންގެ ވޯޓުލީ ގޮތަށް ގެނެސްދޭނެ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ހުޅުވާލައިފި
17 ގަޑިއިރު ކުރިން

ފްރެންޗައިޒްގެ އެންމެ ކާމިޔާބު ފެށުމާއެކު 64.35 ކުރޯޑް ރުޕީސް ހޯދައި، "ޓޯޓަލް ދަމާލް" ގެ ރެކޯޑް މުގުރާލައިފި
17 ގަޑިއިރު ކުރިން

އެމްޓީސީސީއާއި ބީއެމްއެލް ގުޅިގެން މަސައްކަތް ކުރަން މަޝްވަރާކޮށްފި
19 ގަޑިއިރު ކުރިން
ހަމަޖެހުން ގާއިމުވުމުން އުޅަނދުފަހަރަށް ދަތުރުފަތުރުގެ ހުއްދަ ދޫކުރަން ފަށާނެ ކަމަށް އީރާނުން ބުނެފި
19 ގަޑިއިރު ކުރިން


.gif&w=3840&q=75)