.webp&w=3840&q=75)
އަމާން ދޯދި 5 ގެ ދެވަނަ ފަންގިފިލާއިން 16 އަހަރުގެ ކުއްޖަކު ވެއްޓިއްޖެ

އާމިނަތު ޝަޒްލާ - 23 ޖޫން 2026 - 06:10
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން ދޯދި 5 ގެ ދެވަނަ ފަންގިފިލާއިން 16 އަހަރުގެ ކުއްޖަކު ވެއްޓި، ސީރިއަސް އަނިޔާތަކެއްވެ، ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެއްވާފައިވާގޮތުގައި، މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭގެ 23:14 ހާއިރުއެވެ. އެ ކުއްޖާއަށް ފުރަތަމަ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ އައި.ޖީ.އެމް.އެޗް އަށް ބަދަލުކުރެވިފައެވެ.
އައި.ޖީ.އެމް.އެޗް އިން މައުލޫމާތު ދޭ ގޮތުގައި، އަނިޔާވި ކުއްޖާގެ ހާލަތު ސީރިއަސްވުމުގެ ސަބަބުން މިހާރު ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގެ އެހީގައެވެ. ނަމަވެސް، ކުއްޖާގެ ހާލަތާ ގުޅޭ އިތުރު ތަފުސީލެއް އެ ހޮސްޕިޓަލުން ހާމައެއް ނުކުރެއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މާލެއާއި ހުޅުމާލޭގެ އުސް އިމާރާތްތަކުން މީހުން ވެއްޓުމުގެ ހިތާމަވެރި ހާދިސާތައް މީގެ ކުރިންވެސް ހިނގާފައިވާކަން ފާހަގަކުރެވެއެވެ. މިފަދަ ބައެއް ހާދިސާތަކުގައި ބައެއް މީހުންނަށް އުމުރުދުވަހުގެ ނުކުޅެދުންތެރިކަން ކުރިމަތިވެފައިވާއިރު، އަނެއްބައި ހާދިސާތަކުގައި މީހުންގެ ފުރާނަ ވެސް ގެއްލިފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވި މީހަކު 25 އަހަރަށް ޖަލަށް!
11 ގަޑިއިރު ކުރިން

ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ ފަރާތެއް ފިލައިގެން އުޅޭތީ، ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފި
11 ގަޑިއިރު ކުރިން

ސިނގިރޭޓު އަގުހެޔޮކުރުމާ ބެހޭގޮތުންކުރި ސުވާލަށް މިނިސްޓަރ ގީލާ ޖަވާބެއް ނުދެއްވި
12 ގަޑިއިރު ކުރިން

ދިވެހި ފުލުހުންނާއި، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީއާ ދެމެދު އެއްބަސްވުމެއް!
14 ގަޑިއިރު ކުރިން


.gif&w=3840&q=75)