logo

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވި މީހަކު 25 އަހަރަށް ޖަލަށް!

profile

އާމިނަތު ޝަޒްލާ - 23 ޖޫން 2026 - 08:58

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ށ. މިލަންދޫ، ސުނީތާހައުސް، ޢަލީ އިބްރާހީމް (37އ) 25 އަހަރުގެ ދުވަހަށް ޖަލަށްލުމާއެކު 100،000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމަށް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.

https://wamco.com.mv/

މި އަހަރު ޖޫން 21 ވަނަ ދުވަހު އިއްވި މި ޙުކުމަކީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 17/2011) ގެ 105 ވަނަ މާއްދާގެ ދަށުން އޭނާގެ މައްޗަށް ކަނޑައެޅި އަދަބެކެވެ.

މި މައްސަލައަކީ 2023 ވަނަ އަހަރު ޖަނަވަރީ 12 ވަނަ ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅުނު މައްސަލައެކެވެ. މައްސަލައިގެ ތަޙުޤީޤު ފުރިހަމަކުރުމަށްފަހު، ދަޢުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2023 މާރިޗު 13 ގައެވެ.

މި ނަތީޖާއަކީ މަސްތުވާތަކެތީގެ ވަބާއާ ދެކޮޅަށް ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ ހަރުދަނާ މަސައްކަތްތަކުގެ ހެއްކެކެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ޤާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅުތައް އެޅުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އެ މުއައްސަސާއިން އަބަދުވެސް އަރުވައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk