
ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ ފަރާތެއް ފިލައިގެން އުޅޭތީ، ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފި

އާމިނަތު ޝަޒްލާ - 23 ޖޫން 2026 - 08:58
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މީހަކު ރާއްޖޭން ބޭރަށް ފިލައިގެން ގޮސްފައިވާތީ، އޭނާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މި މައްސަލައިގެ ތަހުގީގަށް ހޯދަމުންދަނީ ފ. ނިލަންދޫ، ރާހި، އުމުރުން 38 އަހަރުގެ އިޒްޔާން ޢަބްދުލްޙަމީދެވެ. އޭނާ ހޯދައި ހައްޔަރުކުރުމަށްޓަކައި ބައިނަލްއަގުވާމީ ފުލުހުންގެ އިދާރާ (އިންޓަޕޯލް) މެދުވެރިކޮށް ރެޑް ނޯޓިސް ނެރެފައިވަނީ، މައްސަލަ ރިޕޯޓުކުރުމާއެކު އޭނާ ރާއްޖޭން ބޭރަށް ފުރައިގެން ގޮސްފައިވާތީއެވެ. ފުލުހުން ބުނި ގޮތުގައި އޭނާ މިހާރު އުޅޭ ވަކި ތަނެއް މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ.
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ މެއި މަހު ކުޑަކުދިންނަށް ކުރާ އަނިޔާގެ ޖުމްލަ 81 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މީގެ ތެރެއިން އެންމެ ގިނައީ ޖިންސީ ގޯނާގެ މައްސަލަތަކެވެ. އެގޮތުން 19 އަންހެން ކުދިންނާއި 6 ފިރިހެން ކުދިން ހިމެނޭހެން، ޖުމްލަ 25 މައްސަލައެއް މިދިޔަ މަހު ރިޕޯޓުކޮށްފައިވެއެވެ.
ރާއްޖޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވަމުންދާއިރު، ބައެއް މައްސަލަތައް ކަމާބެހޭ އިދާރާތަކަށް ރިޕޯޓުނުކޮށް ހުންނަކަމީ އޮތް ބޮޑު ކަންބޮޑުވުމެކެވެ. އިދާރާތަކުން އިލްތިމާސްކުރަނީ މިފަދަ ކޮންމެ މައްސަލައެއްވެސް ލަސްނުކޮށް ރިޕޯޓުކުރުމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ރަސްމާލެ ހިއްކުމުގެ މަސައްކަތުގައި އެމްއޭސީއެލްގެ މަސައްކަތް ވަރަށް ކާމިޔާބު !
40 މިނިޓު ކުރިން

ރައީސް ނަޝީދު, ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު ޢަބްދުﷲ އަޙްމަދު އާއި ބައްދަލު ކުރައްވައިފި
ގަޑިއިރެއް ކުރިން

އިންޓަރލޯކަލް ކައުންސިލް ޕްރޮޖެކްޓް ޑިވެލޮޕްމަންޓް އޮފީހުގެ ހިންގުން އަމީރަށް
4 ގަޑިއިރު ކުރިން

އީސީގެ މެންބަރު ކަމަށް ޝަކީލް އައްޔަންކުރަން މަޖިލީހުން ރުހުން ދީފި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)