
އިންޓަރލޯކަލް ކައުންސިލް ޕްރޮޖެކްޓް ޑިވެލޮޕްމަންޓް އޮފީހުގެ ހިންގުން އަމީރަށް

އާމިނަތު ޝަޒްލާ - 23 ޖޫން 2026 - 09:18
ލޯކަލް ކައުންސިލްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެމްޑީޕީން އުފައްދާފައިވާ "އިންޓަރ-ލޯކަލް ކައުންސިލް ޕްރޮޖެކްޓް ޑިވެލޮޕްމަންޓް އޮފީސް" (އައިއެލްސީ-ޕީޑީއޯ) ހިންގުމުގެ ޒިންމާ، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއާ ހަވާލުކޮށްފިއެވެ.
އެމްޑީޕީގެ ގައުމީ ސެކްރެޓޭރިއަޓުގައި ގާއިމުކޮށްފައިވާ މި އޮފީހުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް އަމީރު އައްޔަންކުރައްވާފައި މިވަނީ، ލޯކަލް ކައުންސިލްތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ފަންނީ ގޮތުން ކުރިއެރުވުމުގެ މަގުސަދުގައެވެ.
ފާއިތުވި ކައުންސިލް އިންތިހާބުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ އެމްޑީޕީން އަމާޒު ހިފާފައިވަނީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކައުންސިލްތަކުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުން ހަލުވިކުރުމަށެވެ. މިގޮތުން، ކައުންސިލްތަކަށް ބޭނުންވާ ފަންނީ ލަފަޔާއި އެހީތެރިކަން ފޯރުކޮށްދޭނެ ހާއްސަ އޮފީހެއް ގާއިމުކުރުމަކީ ޕާޓީގެ ޗެއާޕާސަންގެ އިންތިހާބުގެ ތެރޭގައި ވެވަޑައިގެންފައިވާ މުހިންމު ވައުދެކެވެ.
ގުޅުން ހުރި ޙަބަރުތައް

އީސީގެ މެންބަރު ކަމަށް ޝަކީލް އައްޔަންކުރަން މަޖިލީހުން ރުހުން ދީފި
3 ގަޑިއިރު ކުރިން

އައްޑޫ ސިޓީ ކައުންސިލްގެ އެޑްވައިޒަރީ ކޮމިޓީތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
3 ގަޑިއިރު ކުރިން

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވި މީހަކު 25 އަހަރަށް ޖަލަށް!
3 ގަޑިއިރު ކުރިން

ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ ފަރާތެއް ފިލައިގެން އުޅޭތީ، ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)